އެމްއެމްޕީއާރްސީ

ކައިޓް ފެސްޓިވަލް، މާލެއާ ހިންނަވަރުގައި

ކޮކޫން މޯލްޑިވްސްއާ، އެމްއެމްޕީއާރްސީ ގުޅިގެން ކައިޓް ފެސްޓިވަލެއް ބާއްވަން ނިންމައިފި އެވެ.

އެމްއެމްޕީއާރްސީން ބުނީ ދުނިޔޭގެ ނަން މަޝްހޫރު ކައިޓް ޗެންޕިއަނުން ބައިވެރިވާ މި ފެސްޓިވަލް މާލޭގެ އިތުރުން ހިންނަވަރުގައި ކުރިއަށް ގެންދާނެ ކަމަށެވެ.

މާލޭގައި ކައިޓް ފެސްޓިވަލް ބާއްވާނީ މާދަމާ ކްރިކެޓް ސްޓޭޑިއަމްގަ އެވެ. ފެސްޓިވަލް ކުރިއަށް ދާނީ ހަވީރު 4:00 ފެށިގެން 6:00 އަށެވެ. ފެސްޓިވަލްގެ ދެވަނަ އިވެންޓް ހިންނަވަރުގައި ބާއްވާނީ އަންނަ ހުކުރު ދުވަހު އެވެ.

ފެސްޓިވަލްގައިވާ ބައިވެރިވާ ދުނިޔޭގެ ނަން މަޝްހޫރު ކައިޓް ޗެންޕިއަނުންގެ ތެރޭގައި އިޓަލީއަށް ނިސްބަތްވާ އެޑީ އެންޖަލީނޯ އާއި ބްރެޒިލްގެ ގިލްހާމް ލިނަރެސް އާއި ޗައިނާގެ ޑޭނިއަލް ވޫ ހިމެނެ އެވެ.

ގުޑިއެރުވުމުގައި ދުނިޔެއަށް މަޝްހޫރު ފަންނާނުންގެ ހުނަރު ފެންނާނެ މި ފެސްޓިވަލް ބަލަންދާ މީހުންގެ މެދުގައި ގުރުއަތެއް ލައި ހޮވޭ ފަރާތަަކަށް ކޮކޫން މޯލްޑިވްސްގައި ޗުއްޓީ ހޭދަ ކޮށްލަން ދޭނެ އެވެ.

މީގެ ކުރިން ވެސް ކޮކޫން އިން ކައިޓް ފެސްޓިވަލްތައް ބާއްވާފައި ވެއެވެ.