ހަބަރު

އެމް7 އިން ހިތުގެ ދުވަސް ފާހަގަކޮށްފި

Sep 29, 2019

ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަ ކުރަން އެމް ސެވަން ގްރޫޕުން ހާއްސަ ހަރަކާތެއް މިއަދު ފަށައިފި އެވެ. އެމް ސެވަންގެ މި ހަރަކާތް އައީ "ހެޔޮ ހިތަކާއެކު" މި ނަމުގަ އެވެ.

ހިތުގެ ދުވަހު, އެމް 7 ބުކް ސްޓޯރާއި އެމް 7 ޕްރިންޓުން ކުރާ ކޮންމެ ވިޔަފާރިއަކަށް، 30 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބެ އެވެ. އަދި މިއަދު އެމް 7 ގެ މުވައްޒަފުން އޮފީހަށް ފައިމަގުގައި ދިޔައިރު ހުރިހާ މުވައްޒަފުން ވެސް ނުކުތީ ރަތްކުލައިގެ ހެދުމެއް ނޫނީ ރަތްކުލަ ރަމްޒު ކޮށްދޭ ގޮތަށެވެ.

އެމްސެންވަން އިން ބުނީ އޭގެ ބޭނުމަކީ ދުޅަހެޔޮ ހިތަކަށްޓަކައި ހަރަކާތްތެރިވެ އުޅުމާއި ކަސްރަތު ކުރުމަކީ މުހިންމު ކަމެއްކަން ހަނދާންކޮށް ދިނުމަށާއި އެކަމަށް މުވައްޒަފުންނާއި އާންމުން ހޭލުންތެރި ކުރުވުން ކަމަށެވެ.

"ހެޔޮ ހިތެއް، ދުޅަހެޔޮ ހިތެއް ހޯދުމަކީ ކޮންމެހެން ވެސް މުހިންމު ކަމެއް. އަޅުގަނޑުމެން ހިތުގެ ދުވަސް ފުރަތަމަ ފަހަރަށް ފާހަގަ މިކުރަނީ، ރާއްޖޭގައި ވެސް ހިތުގެ ބަލިތައް އިތުރުވެ، އެ ބަލީގައި ދުނިޔެ ދޫކޮށްފައި ދާންޖެހޭ އަޚުންނާއި އުޚްތުން މީހުން ގިނަ ވަމުންދާތީ އެކަމަށް ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި،" އެމް ސެވަން ގްރޫޕްގެ މެނޭޖިން ޑައިރެކްޓަރު މުހައްމަދު އަބްދުއް ސައްތާރު ވިދާޅުވި އެވެ.