އެސްޓީއޯ

"ކޮފީ ޑޭ" އާއެކު އެސްޓީއޯގައި ހިލޭ ކޮފީ ރަހަބެލުން

އިންޓަނޭޝަނަލް ކޮފީ ޑޭ ދުވަހާ ގުޅިގެން އެސްޓީއޯ ސުޕަމާޓުން ހިލޭ ކޮފީ ރަހަ ބެލުމަށް ހުޅުވާލައިފި އެވެ.

ބައިނަލްއަގްވާމީ ކޮފީ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ އޮކްޓޫބަރު މަހުގެ އެއް ވަނަ ދުވަހު އެވެ.

އެސްޓީއޯ އިން ބުނީ ކޮފީ ދުވަހާ ގުޅިގެން އެސްޓީއޯ ސުޕަމާޓުގައި ކުރިއަށްދާ ހަރަކާތުގައި މިއަދު ރަހަ ދައްކަނީ ސުޕަ ބްރޭންޑުގެ ކޮފީގެ އެވެ.

މި ހަރަކާތް ކުރިއަށް ގެންދަނީ މިއަދު ހެނދުނު 10 - މެންދުރު 12 އަށް އަދި މެންދުރު ފަހު 2 އިން ހަވީރު 6 އަށެވެ. މި ހަރަކާތް ކުރިޔަށްދާނީ އެސްޓީއޯ ސުޕަމާޓް ގައެވެ.

މި ދުވަހާއި ގުޅިގެން މިއަދު އެސްޓީއޯ ސުޕަމާޓް އިން ވިޔަފާރި ކުރާ ކޮންމެ މީހަކަށް ހަދިޔާ އެއް ދިނުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

ރާއްޖޭގެ އިތުރުން ދުނިޔޭގެ އެހެން ހިސާބުތަކުގައިވެސް އިންޓަނޭޝަނަލް ކޮފީޑޭ ފާހަގަ ކުރެ އެވެ.