ހަބަރު

ސިންދިތާ ތިޖޫރީން ލަައްކައަކަށްވުރެ ގިނަ ރުފިޔާ ވަގަަށް ނަގައިފި

މާލޭގައި ހުންނަ ފޮތި ފިހާރަ، ސިންދިތާ އޮފީހުގެ ތިޖޫރީ ފަޅާލާ ލަައްކަ އަކަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި އެވެ.

ފުލުހުން މިއަދު ބުނީ ސިންދިތާ އޮފީހުގެ ދެ ތިޖޫރީއެއް ހަލާކުކޮށްލައި ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާ ކަމަށެވެ. އޭގެ ތެރޭގައި 30،000 ދިވެހި ރުފިޔާ އާއި 4700 ޑޮލަރު ތިޖޫރީގައި ހިމެނޭ ކަމަށް ބުންޏެވެ.
ވައްކަމުގެ މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު ނުވައެއް ޖަހާއިރު ކަމަށްވެސް ފުލުހުން ބުންޏެވެ.

ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާއިރު ސިންދިތާއަކީ މާލޭގައި ހުންނަ ފިހާރަތަކުގެ ތެރެއިން ގިނަ އަދަދެއްގެ މީހުން އާއްމުކޮށް ފޮތި ވިޔަފާރި ކުރާ މަޝްހޫރު ފިހާރައެކެވެ.

މި މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.