ހަބަރު

ބުޅަލަށް ސްޕްރޭކޮށްފައިވާތީ ކަންބޮޑުވެއްޖެ

ބުޅަލަށް ސްޕްރޭކޮށްފައި
0%
0%
0%

މާލޭގެ މޭރީ ބްރައުންއާ ދިމާލު ޕާކިން ޒޯންގައި އުޅޭ ބުޅާތަކަށް ސްޕްރޭ ކޮށްފައިވާތީ ބުޅާތަކުގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާ -- ފެލީން ވެލްފެއާ އޯގަނައިޒޭޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ޖަމިއްޔާ އިން ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ބުޅާތަކަށް ސްޕްރޭ ކޮށްފައިވާ ފޮޓޯތަކާއި ވީޑިއޯތައް ހިއްސާކޮށްފަ އެވެ.

ފެލީން ވެލްފެއާ އޯގަނައިޒޭޝަނުން ބުނީ މި އަމަލަކީ ބުޅާތަކަށް ގަސްދުގައި އަނިޔާކުރުމުގެ ގޮތުން ބަޔަކު ކޮށްފައިވާ ކަމެއް ކަމަށެވެ. އެހެންވބެ އެ ޖަމިއްޔާ އިން ވަނީ މިކަން ކުށްވެރިކޮށްފަ އެވެ.

ފެލީން ވެލްފެއާ އިން ބުނީ ބުޅާ ކަހަލަ ޖަނަވާރުތަކަށް އަނިޔާކުރުމުގެ ބަދަލުގައި ލޯތްބާއި އަޅާލުން ދޭން ޖެހޭ ކަމަށެވެ. ބުޅަލަށް އަނިޔާކުރާ ކަމަށް އެއްވެސް ފާރަތަކަށް އެނގިއްޖެނަމަ ރިޕޯޓް ކުރުމަށްވެސް އެދިފައިވެ އެވެ.

މާލޭގެ މަގުތަކުގައި ގިނަވެގެން އުޅޭ ބުޅާތަކަށް އަނިޔާކުރި މައްސަލަތައް މީގެކުރިންވެސް ފެންމަތިވެފައި އެބަހުއްޓެވެ.

މާލެ ސަރަހައްދުގައި ބުޅާ ގިނަވެ އާންމު އުނދަގުލަކަށް ވުމާ ގުޅިގެން ހުޅުމާލޭގައި މިހާރު ވަނީ އެފަދަ ބުޅާތައް ގެންގުޅެން ހާއްސަ ތަނެއް ހަދާފަ އެވެ. އޮޅުހިޔާގެ ނަމުގައި އެ ތަން ހުޅުވި ނަމަވެސް ބުޅާތައް އަދި އެތަނަށް ބަދަލުކުރަން ފަށާފައެއް ނުވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910