މޯލްޑިވްސް ޕޮލިސް ސާވިސް

ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްްޗާއެކު ތިން މީހަކު ހައްޔަރުކޮށްފި

0%
0%
0%

ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްްޗާ އެކު މާލެ އިން ތިން މީހަކު ހައްޔަރުކޮށްފި އެވެ.

މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ސ. މަރަދޫފޭދޫ / ނަސީމީގެ، މުހައްމަދު ޝާނީޒް (46 އ) އާއި، މ. ސައިރިއަސް، މުހައްމަދު ތިބާގް (39 އ)ގެ އިތުރުން ވ. ރަކީދޫ / ޖަންބުގެ، ފަރީދާ އަބްދުއްރަހްމާން (35 އ) އެވެ.

މި ތިން މީހުން ހައްޔަރުކުރީ ފުލުހުންގެ ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި އިއްޔެ ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން މާފަންނު ގެއެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރުމަށްފަހު އެވެ.

އެ ތަނުން ފެނުނު މަސްތުތަކެތީގެ ވަގުތީ ބަރުދަން 1.5 ކިލޯއަށް ވުރެ ގިނަ ކަމަށް ފުލުހުން ބުންޏެވެ.

މިމައްސަލައިގައި ހިމެނޭ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިބާގު އާއި ފަރީދާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ދީފަ އެވެ. އަދި ޝާނީޒްގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަސް ދީފަ އެވެ.

ފުލުހުން ބުނީ މިމައްސަލަ އަދިވެސް އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345