މާލޭ ސިޓީ ކައުންސިލް

މާލޭގެ ޑެޕިއުޓީ މޭޔަރަކަށް އަރީޝް

މާލޭގެ ޑެޕިއުޓީ މޭޔަރަކަށް މުހައްމަދު އަރީޝް މިއަދު އިންތިހާބުކޮށްފި އެވެ.

ޕީއެންސީއަށް ނިސްބަތްވާ އަރީޝް މާލެ ސިޓީ ކައުންސިލްގައި ތަމްސީލް ކުރައްވަނީ މާފަންނު ހުޅަނގު އުތުރު ދާއިރާ އެވެ.

ޑެޕިއުޓީ މޭޔަރު ހޮވުމަށް މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި އެ މަގާމަށް ކުރިމަތިލެއްވީ އަރީސް އެކަންޏެވެ.

އެމްޑީޕީގެ ޓިކެޓްގައި ކައުންސިލަށް އިންތިހާބުވުމަށްފަހު ޕީއެންސީއަށް ސޮއި ކުރައްވާފައިވާ އަރީޝް މާލޭގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް އިންތިހާބު ކުރީ 16 ކައުންސިލަރަކު ވޯޓު ދެއްވައިގެންނެވެ.

މާލޭގެ ޑެޕިއުޓީ މޭޔަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަހްމަދު ނަރީޝް މިދިޔަ ބުދަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.