މާލޭ ސިޓީ ކައުންސިލް

ކާނިވާ ސްޓޭޖު ތަޅާލައި އާ ސްޓޭޖެއް އަޅަނީ

ކާނިވާ ސްޓޭޖު ތަޅާލައި އާ ސްޓޭޖެއް އަޅަން ބަޔަކާ ހަވާލުކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ އެ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ކާނިވާ ސަރަހައްދުގައި ހުންނަ ސްޓޭޖު ތަޅާލުމަށްފަހު އާ ސްޓޭޖެއް ތަރައްގީކުރުމުގެ މަސައްކަތް ޔޫއެޗް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފައިވާ ކަމަށެވެ.

މި މަސައްކަތް ހަވާލުކުރީ 140 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށްވެސް މާލޭ ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.

ކާނިވާ ސްޓޭޖަކީ މީގެ ކުރިން ޝޯތަކާއި ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ބޭއްވި ތަނެކެވެ. ނަމަވެސް އެ ސްޓޭޖް މިހާރު ވަނީ ހަލާކުވެފަ އެވެ.