މަނަދޫ

މަނަދޫ ޒުވާނުންގެ ޓްރޮޕިކަލް ވިލެޖް!

މީގެ ކުރިން މި ސަރަހައްދު އޮތީ މިހެނެއް ނޫނެވެ. އެ ފެންނަ ޖޯލިފަަތިތަކާއި އުނދޯލިތަކެއް ރަށުގެ އަތިރިމައްޗަކު ކުރިން ނެތެވެެ. ކުޑަކުދިންނާއި ބޮޑެތި މީހުން ގޮސް ވާހަކަ ދައްކާލާ ހިތްހަމަ ޖައްސާލަން ތިބޭނެ ތަނެއް ކުރިން ނެތެވެެ. ނ. މަނަދޫގެ ބީޗު ސަރަހައްދު މިހާރު ވަރަށް ތަފާތެވެ. ކުނި ކޮޅެއްވެސް ނުފެނެ އެވެ. ޒަމާނީ ބާބަކިއު އޭރިއާއަަކާއި އެއްކޮށް ބަދަލު ކޮށްލާ މިހާރު އެއީ "މަނަދޫ ޓްރޮޕިކަލް ވިލެޖް" ގެ ގޮތުގައި ބަދަލުވެފަ އެވެ.

މަނަދޫގައި ދުވަސްވީ ޖަމިއްޔާ، މަނަދޫ ޒުވާނުންގެ ގުޅުމުގެ ފަރާތުން ރަށުގެ މަލަމަތި ނަލަ ހެއްދީ މިދިޔަަ މަހު އެވެެ. އެ ޖަމިއްޔާގައި ހިމެނޭ ހައެއްކަ ޒުވާނުން އިސް ނަގައިގެން އެ ސަރަަހައްދު ތިން މަހަށް ކުއްޔަށް ނަގާ އެތަން ތަރައްގީ ކުރަން ފެށީ އެވެ.

މުޅި ސަަރަހައްދު ކުނި ކަހާ ސާފުކޮށް އިށީންނާނެ ޖޯއްޔާއި އުންދޯލިތައް ހިމެނި އެވެ. އަދި ޒަމާނީ ހެމޮކްތައް ހޯދާ ބެހެއްޓި އެވެ. ބާބަކިއު ޕޮއިންޓަކާއެކު ވިލެޖުގެ ދެ ފަރާތުގައި ކެއްކޭނެ ގޮތަށް އަދި އާއިލާއާއެކު ޕިކްނިކް ގޮސް އުޅެވޭނެ އިންތިޒާމުތައްވެސް ހަމަޖައްސައި ދިނެވެ.

އެ ޖަމިއްޔާއިން އިސްނަގައިގެންް ކުރި މަސައްކަތަށް ތިން މަސް ދުވަސް ހޭދަަ ވިޔަސް މިއީ ކުރިންވެސް ވިސްނާފަައި އޮތްް ކަމެކެވެ.

ޖަމިއްޔާގެ ފަަރާތުން މުހައްމަދު އީލާފު ބުނި ގޮތުގައި މަނަދޫގެ ސަރަހައްދުުތަަކުގައި ރީތި މޫދު އޮތަސް ދަތުރު ގޮސް އުފާކޮށްލުމުގެ ފުރިހަމަ އިހުސާސެއް ނުލިބެ އެވެ. އަދި ހަވީރު ފިންޏަށް ހިނގާލަން ނުކުތަސް މަޑުކޮށްލައިގެން ތިބޭނެ ތަނެއްވެސް ނެތުމުން އެ ސަރަަހައްދު ބަދަލު ކުރަން ނިންމީ އެވެ.

"އަހަރުމެންވެސްް އެހެން ރަައްޓެހި ކުދިންނާއެކު ގޮސް އުޅޭ އިރު ނުހުރޭ ރީތި ޖޯލިފައްޗެއް ވެސް. އެހެންް ތިބެލާ ވާހަކަ ދައްކާލާ ހަދާނެ ތަނެއް އަަތިރިމަތީގައި ނެތްް. އެހެންވެ މިތަން ހަަދަން ނިންމީ. މަނަދޫ ބީޗަކީ ވަރަށް ރީތި ބީޗެއް. ނުބެލެހެއްޓޭތީ ބީޗުގެ ރީތިކަން ގެއްލިފަ އޮތީ. އަހަރުމެންް ބޭނުންވީ މޮޑަން ގޮތްގޮތަށް ބާބަކިއު ވެސް ހެދޭ ގޮތަށް ތަރައްގީ ކުރަން. މިހާރު އެންްމެންްވެސް ބޭނުންވޭ ބީޗަށް ގޮސް ބާބަކިޔު ހަދަން ވެސް"

ކައުންސިލުގައި އެދިގެން އެ ޒުވާނުން އެ ސަރަހައްދު ތިން މަސް ދުވަހަށް ނެގި އެވެ. ބޭނުންވާ ސާމާނާއި އެހީތެރިކަން ހޯދަން ރަށުގެ އެކި މީހުނާއި ފުލުހުންނާ ވާހަކަ ދައްކައިގެން މަސައްކަތް ފަށާއި ކުނި ކަހާ އަތިރި މައްޗާއި ވާ ހެދިފަ އޮތް ސަރަަހައްދު ސާފު ކުރި އެވެ. އަދި ރަށުގެ ވިޔަފާރި ވެރިންގެ ފަރާތުން ލިބުނު އެހީއާއެކު ވިލެޖް ބަދަލު ކުރީ އެވެ.

"ރަށުގެ ވަރަށް ގިނަ ބަޔަކު މިކަން ކުރަން އުޅުނު. އަހަރުމެންް މި މަސައްކަތުގެ ހިޔާލު ގެނައިމަ ދެންް އެހެންް މީހުންވެސް ބައިވެރިވި. ހަމަ ކުދި ބޮޮޑު އެންމެންް. ޖޯލިތައް ހަދަަން ބޭނުންވި ފިލާ އެއްޗެހިވެސްް އެކި މީހުން ހަދިޔާ ކުރި. ޖޯލިތައް ގަތަން ވެސް ބައިވެރިވި ޒުވާނުން. ބާބަކިއު އޭރިއާ ސެޓް ކުރަން ވެސް އުޅުނު"

އީލާފް ބުނި ގޮތުގައި ތަރައްގީ ކުރި ޓްރޮޕިކަލް ވިލެޖްް މިހާރު ވަނީ ކައުންސިލަށް ދީފަަ އެވެ. ކައުންސިލްގެ ބެލުމުގެ ދަށަށް ދިޔަ ކަމުގައިވިޔަސް ހަ މަސް ފަހުން އާ ބަދަލުތަކެއް ގެންނަން ޖަމިއްޔާގެ ފަަރާތުން ވިސްނާފައި ވެއެވެ.

"މިއީ އަސްލު ރަށުގެ އެންްމެ ދުވަސްވީ ޖަމިއްޔާ ކަމަށްވިޔަސް ފަަހުން ފަހުން ރަށަށް ކަމެއް ނުކޮށްދީ އޮތް ވަރަށް ގިނަ ދުވަސްވަންދެން. ރަށް ކުރިއަރުވާ އެކަހަލަ މަސައްކަތްތައް މަދު. އަހަރުމެން ފަހުގެ މެމްބަރުން ބޭނުންވީ ކޮންމެ ފަަހަރަަކު ފުޓުބޯޅަ މެޗެއް އެހެން ނުބާއްވަ ރަށުގެ ތިމާވެއްޓަށް މަސައްކަތް ކުރަން. ރަށު ރަައްޔިތުން އަަސްލު ބޭނުންވާ ކަންކަން ކޮށްދޭން" އީލާފްް ބުންޏެވެ.

މަނަދޫގެ ޖަމިއްޔާ އަކުން ކުރި މި މަސައްކަތް މިހާރު އެ ރަށު އެންމެންނަށްވެސްް ކަމުގޮސްފައި ރީއްޗެވެ. އެ އަތިރިމައްޗަށް ކޮންމެ މީހަކުވެސް ގޮސްލާ ހިތްވެ އެވެ. އާއިލާ އެންމެން ގޮވައިގެން ބާބަކިއު ހަދާލާ ޖޯލިތަކުގައި ތިބެ ނޫކުލައިގެ މޫދަށް ބަލަހައްޓަން ތިބެންް ބޭނުން ވެއެވެ.