މަނަދޫ

ވައިން ހަކަތަ އުފެއްދުމުގެ މަޝްރޫއެއް މަނަދޫގައި ފަށަނީ

ނ. މަނަދޫ -- ފޮޓޯ: އައިލެންޑްސް އެމްވީ
0%
0%
0%

ވައިން އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ ޕައިލެޓް ސިސްޓަމެއް ނ. މަނަދޫގައި ގާއިމުކުރަން ނިންމައިފި އެވެ.

މިއީ ދިވެހި ސަރުކާރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެހީގައި ހިންގަމުންދާ އެކްސެލެރޭޓިން ސަސްޓެއިނެބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިން ރިނިއުބަލް އެނާޖީ (އެޝުއާ) ޕްރޮޖެކްޓްގެ ދަށުން ގާއިމުކުރާ ސިސްޓަމެކެވެ.

ފިނޭންސް މިނިސްޓްރީން ވަނީ މި ސިސްޓަމް މަނަދޫގައި ގާއިމުކުރުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާފަ އެވެ.

މަޝްރޫއު ކުރިއަށް ގެންދާ ސަރަހައްދު

މި މަޝްރޫއަކީ އޯޕަން ކޮމްޕެޓިޓިވް ބިޑިން އުސޫލުގެ މަތިން އޭޑީބީގެ ސިންގަލް ސްޓޭޖް ޓޫ އެންވެލޮޕް އުސޫލުން ބީލަންކުރުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ.

މަޝްރޫއުގެ ޕްރީބިޑް ބައްދަލުވުން އަންނަ މަހުގެ އަށްވަނަ ދުވަހު ބާއްވާއިރު ބީލަން ހުޅުވުން އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ 10 ވަނަ ދުވަހު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910