ކަނޑުހުޅުދޫ

ކަނޑުހުޅުދޫ ސިއްހީ މަރުކަޒުގައި ލެބޯޓަރީގެ ހިދުމަތް ފަށައިފި

ގއ، ކަނޑުހުޅުދޫ ސިއްހީ މަރުކަޒުގައި ލެބޯޓަރީގެ ހިދުމަތް ދޭން ފަށައިފި އެވެ.

މި ހިދުމަތް އެ ރަށުގައި ތައާރަފު ކުރީ އިއްޔެ އެވެ. ހެލްތު މިނިސްޓްރީން ބުނި ގޮތުގައި، ލެބޯޓަރީގެ ހިދުމަތް ފަށަން ބޭނުންވާ މެޝިން ތަކާއި ޓެސްޓުތައް ހެދުމަށް ބޭނުންވާ އެހެން ވަސީލަތްތައް ވެސް ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެ ރަށަށް ގެންގޮސްފަ އެވެ.

ކަނޑުހުޅުދޫގައި 500 މީހުންގެ އާބާދީ އެއް އޮންނަ އިރު އެ ރަށު މީހުން މީގެ ކުރިން ލެބޯޓަރީގެ ހިދުމަަތް ހޯދީި ގެމަނަފުށީ ސިއްހީ މަރުކަޒުންނާއި ގދ. ގައްދޫންނެވެ. އެ ހިދުމަތް ހޯދަން ކުރިން 20 މިނެޓުގެ ދަތުރެއް އެ ރަށު މީހުން ކުރި އެވެ.

ކަނޑުހުޅުދޫ އާއެކު ގއ. އަތޮޅުގައި ލެބޯޓްރީގެ ހިދުމަތް ހަ ރަށަކުން ދެ އެވެ. އެއީ، ގއ. އަތޮޅު ހޮސްޕިޓަލާއި ގެމަނަފުށީ ސިއްހީ މަރުކަޒާއި ދާންދޫ ސިއްހީ މަރުކަޒު އަދި ދެއްވަދޫ އާއި ކޮލަމާފުށި ސިއްހީ މަރުކަޒެވެ.