މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހަކާ ދެކޮޅަށް ބްލެކްމެއިލް ކުރުމުގެ މައްސަލައެއް

ފުލުހަކާ ދެކޮޅަށް ހުށައެޅި ބްލެކްމެއިލް ކުރުމުގެ މައްސަލައެއް ބަލަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ފުލުހަކާ ދެކޮޅަށް ބްލެއިކްމެއިލް ކުރުމުގެ މައްސަލައެއް މިމަހުގެ 6 ވަނަ ދުވަހު އެ އިދާރާއަށް ހުށައަޅާ ފައިވާ ކަމަށެވެ.

އެ ފުލުސް މީހާގެ ވަނަވަރު ހާމަނުކޮށް ފުލުހުން ބުނީ އެއީ އުމުރުން 29 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މި މައްސަލާގައި އެ ފުލުސް މީހާވެސް އަދި އެހެން މީހަކުވެސް ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ކޮމާންޑުން ތަހުގީގު ކުރަމުންދާ ކަމަށާ މައްސަލައިގެ ޖިނާއީ ތަހުގީގުވެސް ކުރިއަށްދާ ކަމަށެވެ.

ފުލުހަކާ ދެކޮޅަށް ހުށައެޅި ބްލެކްމެއިލް ކުރުމުގެ މައްސަލައެއް ބަލަން ފަށާފައިވާއިރު، އެ ފުލުސް މީހާ މަސައްކަތް ކުރީ އޭނާގެ އަންހެނުންގެ އާއިލީ ބައެއްގެ ބަރަހަނާ ފޮޓޯތަކެއް ނަގާ، އެ ފޮޓޯތައް ބޭނުންކޮށްގެން ބަޔަކު ބްލެކްމެއިލް ކުރުމަށް ކަމަށް އެނގިފައިވެއެވެ.