ރައީސް މުހައްމަދު ނަޝީދު

ބޭނުންވަނީ އެމްޑީޕީން އެކަނި ސަރުކާރު ހިންގަން: ނަޝީދު

މި ސަރުކާރު ހިންގަން ބޭނުން ވަނީ އެމްޑީޕީ މެންބަރުން އެދޭ ގޮތަށް އެމްޑީޕީން އެކަނި ކޯލިޝަނަކާ ނުލައި ސަރުކާރު ހިންގާ ގޮތަށް ކަމަށް ދޭހަވާ މޭރުމަކުން ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފި އެވެ.

ރައްުޔިތުންގެ މަޖިލީހުގެ ރައީސް ކަން ވެސް ކުރައްވާ ނަޝީދު މިރޭ ވަނީ ދަރުބާރުގޭގައި އެ މަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާފަ އެވެ. އެ ބަދަލުވުމަކީ އެމްޑީޕީގެ ރައީސްކަމުގެ އާ ދައުރަކަށް ކުރިމަތިލައްވާ ޕާޓީގެ މެންބަރުންގެ ތާއީދަށް އެދިވަޑައިގެން ބޭއްވެވި ބައްދަލު ވުމެކެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯއެއް އެބައޮތް ކަމަށާ އެމްޑީޕީގެ މެންބަރުންގެ ތަސައްވުރެއް ވެސް އެބައޮތް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ހިނގަމުންދަނީ އެމްޑީޕީގެ ވެރިކަމެއް ކަމަށާއި އެމްޑީޕީގެ މެންބަރުން ހިތުއެޅި ކަމެއް، ކުރެހި މަންޒަރެއް ހަގީގަތަކަށް ހަދަން އެހެން ބަޔަކަށް މަސައްކަތް ނުކުރެވޭނެ ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރާ ގުޅިފައިވާ ކޯލިޝަންގެ ބައިވެރިވެރިންނަށް ރައްދުވާ ގޮތަށް އެމްޑީޕީއަށް ނިސްބަތްވާ ވަޒީރުން ނޫން އެހެން ބައެއް ވަޒީރުން ވަރަށް ނުފަރިތަކޮށް އުޅުއްވާ މަންޒަރު ފެންނަ ކަމަށް ވިދާޅުވި އެވެ.

"އެއީ މި ސަރުކާރު އަޅުގަނޑުމެންގެ ވިސްނުމުގައި، އަޅުގަނޑުމެން ހިންގުން... އަޅުގަނޑުމެންގެ ސަރުކާރަކަށް، އަޅުގަނޑުމެން މި ބޭނުންވާ، އަޅުގަނޑުމެން މި އުންމީދުކުރާ ކަންކަން، އަޅުގަނޑުމެން ހިތުއެޅި ގޮތެއް، އަޅުގަނޑުމެއް ހިތުއެޅި ކަމެއް، އަޅުގަނޑުމެން ކުރެހި މަންޒަރެއް، އެހެން މީހަކު ގޮސް އެހެން ބަޔަކަށް އެކަން، އެ މަސައްކަތް ކުރެވޭނެ ގޮތެއް ހޯދަން އަޅުގަނޑުމެންނަށް ދަތި! އަބަދުވެސް ފެނޭ ނުފަރިތަ ވެގެން އުޅުއްވާތަން. ވަޒީރު ބޭފުޅުން ވެސް. އަދި އެހެން އެހެން ބަޔަކު... އަޅުގަނޑު އެއްގޮތަކަށް ވެސް މި ދެންނެވީ އެމްޑީޕީގެ ވަޒީރުންގެ ވާހަކައެއް ނޫން... އަޅުގަނޑު މި ދަންނަވާ ވާހަކައަކީ ތިޔަ ބޭފުޅުން އެބަ އެދެޔޭ ތި ބޭފުޅުން މި ސަރުކާރު ހިންގަން. ތިޔަ ބޭފުޅުން ބޭނުންވާ މިސްރާބަށް މި ސަރުކާރު ދިއުމަށް." ނަޝީދު ވިދާޅު ވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހު ހިންގަމުން ގެންދަވަނީ އެމްޑީޕީގެ ސިޔާސަތުތައް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް އެމްޑީޕީގެ މެންބަރުންގެ އެދޭ ގޮތް އޮޅިވަޑައި ނުގަންނަވާނެ ކަމަށާ އެމްޑީޕީގެ ވިސްނުމާ ދެކޮޅަށް ރައީސް އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ.

"އަނެއްކާވެސް ހަމަ ތަކުރާރުކޮށް ދަންނަވާނަން. އަޅުގަނޑު ބޭނުންވެ ހުރި ކަމެއް، އަޅުގަނޑުމެން އެންމެވެސް ބޭނުންވެ ތިބި ކަމެއް އެއީ ތި ބޭފުޅުން މި ސަރުކާރު ހިންގަން ތިބުން. އަޅުގަނޑަށް ފެންނަ ގޮތުގައި އެ މަގަށް އަޅުގަނޑުމެންނަށް ދެވޭނެ. އެ މިސްރާބު އަޅުގަނޑުމެންނަށް ހިފޭނެ."

ނަޝީދު ވިދާޅުވީ ރާއްޖެއަށް ބަދަލު އަންނަންޖެހޭ ކަމަށާ ކޯޓްތަކަށް ވެސް ބަދަލު އަންނަންޖެހޭ ކަމަށެވެ. މިއަދު ސަރުކާރާއި، މަޖިލީސް ވެސް އޮތީ އެމްޑީޕީއަށް ކަމަށާ އެހެންކަމުން ބަދަލު ނުކުރެވޭނެ ކަމެެއް އޮވެެގެން ނުވާނެ ކަމަށެވެ.

"އެހެންވީމާ ހަގީގަތުގައި އަޅުގަނޑުމެނަށް ނުކުރެވޭނެ އަދި ކުރެވެން ނެތް، ރާއްޖޭގެ ކަންކަން ބަަދަލު ކުރުމަށް، ދިވެހި ރާއްޖޭގައި ހެޔޮ ގޮތުގައި ކަންކަން ކުރިއަށް ގެންދިއުމަށް އަޅުގަނޑުމެންނަށް ނުކުރެވޭނެ އެއްވެސް ކަމެއް، ހުރަހެއް ހަގީގަތުގައި އޮވެގެން ނުވާނެ." ނަޝީދު ވިދާޅުވި އެވެ.

އެއީ މި ސަރުކާރު އަޅުގަނޑުމެންގެ ވިސްނުމުގައި، އަޅުގަނޑުމެން ހިންގުން... އަޅުގަނޑުމެންގެ ސަރުކާރަކަށް، އަޅުގަނޑުމެން މި ބޭނުންވާ، އަޅުގަނޑުމެން މި އުންމީދުކުރާ ކަންކަން، އަޅުގަނޑުމެން ހިތުއެޅި ގޮތެއް އަޅުގަނޑުމެއް ހިތުއެޅި ކަމެއް، އަޅުގަނޑުމެން ކުރެހި މަންޒަރެއް، އެ އެހެން މީހަކު ގޮސް އެހެން ބަޔަކަށް އެކަން، އެ މަސައްކަތް ކުރެވޭނެ ގޮތެއް ހޯދަން އަޅުގަނޑުމެންނަށް ދަތި. އަބަދުވެސް ފެނޭ ނުފަރިތަ ވެގެން އުޅުއްވާތަން. ވަޒީރު ބޭފުޅުންވެސް. އަދި އެހެން އެހެން ބަޔަކު... އަޅުގަނޑު އެއްގޮތަކަށް ވެސް މި ދެންނެވީ އެމްޑީޕީގެ ވަޒީރުންގެ ވާހަކައެއް ނޫން... އަޅުގަނޑު މި ދަންނަވާ ވާހަކައަކީ ތިޔަ ބޭފުޅުން އެބަ އެދެޔޭ ތި ބޭފުޅުން މި ސަރުކާރު ހިންގަން ތި ބޭފުޅުން ބޭނުންވާ މިސްރާބަށް މި ސަރުކާރު ދިއުމަށް،
މުހައްމަދު ނަޝީދު | އެމްޑީޕީގެ ރައީސް

ރައީސް ނަޝީދު މިރޭ ވިދާޅުވީ ވާދަވެރިން އަަބަދުވެސް ރޭވުންތައް ރާވާނެ ކަމަށާ ނަމަވެސް އެ ޕާޓީގެ ސާބިތު ކަމަށް ގުޑު އަރުވައި ނުލެވޭނެ ކަމަށެވެ. އެ ގޮތުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ކިތަންމެ އެއްޗެއް ވިދާޅުވެ، ޚިޔާލު ތަފާތުވުން އުފައްދަން ވެސް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ތި ބޭފުޅުންނަށް ޔަގީންކޮށް އަރުވަން މި ޕާޓީއެއް އިރާދަ ކުރެއްވިއްޔާ ބަހައެއް ނުލެވޭނެ، ބައިބައެއް ނުކުރެވޭނެ. އަޅުގަނޑަކީ އެމީހާއެއް ނޫން. އަޅުގަނޑަކީ އެންމެ ގިނަ ސިޔާސީ ޕާޓީ ހަދަން އުޅޭ މީހާއެއް ނޫން. އަޅުގަނޑަކީ ހަމަ އެންމެ ސިޔާސީ ޕާޓީއެއް ހެދުމުގެ ފިކުރު އަބަދުވެސް ހުރި މީހެއް. އަޅުގަނޑަކީ ހިތުގެ އަޑިން ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު ގަބޫލު ކުރާ މީހެއް. އެހެންވީމަ އަޅުގަނޑަށް ވަދެވެން އޮންނާނީ ވެސް އެންމެ ޕާޓީއެއް. އަޅުގަނޑަށް އުޅެވޭނީ ވެސް އެންމެ ޕާޓީއެއްގައި. އެއީ އިންސާނެއްގެ އޮންނާނީ އެންމެ ފިކުރެއް ވީމަ. އޭނާއަކަށް މާދަމާ ގޮސް އެހެން ޕާޓީއެއް ހަދާފައި، އޭގެ އަނެއް ދުވަހަ އަނެއްކާ ކޮއްކޮއަށް ޕާޓީއެއް ހަދައިދީފައި ދައްތައަށް ޕާޓީއެއް ހަދައިދީފަ، ބޭބެއަށް ޕާޓީއެއް ހަދައިދީފަ، އެހެނެއް ނުދެވޭނެ. އެއަކީ ގިނަ ޕާޓީ ހިމެނޭ ސިޔާސީ ނިޒާމެއް ނޫން." ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން "އެއް ހަރަކުން ދެ ފަހަރު ކައްޓެއް" ނުޖެހޭނެ ކަމަށް ވިދާޅުވެ އެމްޑީޕީން ބައިބައި ކުރަން އެއްވެސް ޕާޓީއަކަށް ފުުރުސަތު ނުދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އަޅުގަނޑު ތި ބޭފުޅުންނަށް ޔަގީންކޮށް އަރުވަން މި ޕާޓީއެއް އިރާދަ ކުރެއްވިއްޔާ ބަހައެއް ނުލެވޭނެ، ބައިބައެއް ނުކުރެވޭނެ. އަޅުގަނޑަކީ އެމީހާ އެއް ނޫން. އަޅުގަނޑަކީ އެންމެ ގިނަ ސިޔާސީ ޕާޓީ ހަދަން އުޅޭ މީހާއެއް ނޫން. އަޅުގަނޑަކީ ހަމަ އެންމެ ސިޔާސީ ޕާޓީއެއް ހެދުމުގެ ފިކުރު އަބަދުވެސް އަބަދުވެސް ހުރި މީހެއް. އަޅުގަނޑަކީ ހިތުގެ އަޑިން ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު ގަބޫލުކުރާ މީހެއް. އެހެންވީމަ އަޅުގަނޑަށް ވަދެވެން އޮންނާނީވެސް އެންމެ ޕާޓީއެއް. އަޅުގަނޑަށް އުޅެވެންވެސް އެންމެ ޕާޓީއެއްގައި. އެއީ އިންސާނެއްގެ އޮންނާނީ އެންމެ ފިކުރެއްވީމަ. އޭނާއަކަށް މާދަމާ ގޮސް އެހެން ޕާޓީއެއް ހަދާފައި، އޭގެ އަނެއް ދުވަހަ އަނެއްކާ ކޮއްކޮއަށް ޕާޓީއެއް ހަދައިދީފަ، ދައްތަ ޕާޓީއެއް ހަދައިދީފަ، ބޭބެއަށް ޕާޓީއެއް ހަދައިދީފަ، އެހެނެއް ނުދެވޭނެ. އެޔަކީ ގިނަ ޕާޓީ ހިމެނޭ ސިޔާސީ ނިޒާމެއް ނޫން
މުހައްމަދު ނަޝީދު | އެމްޑީޕީގެ ރައީސް

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ބަހުސްކޮށް އެންމެ ރަނގަޅު ގޮތް ހޯދަން މަސައްކަތް ކުރާ ޕާޓީ ކަމަށެވެ. އެހެންކަމުން ޕާޓީގައި އެހެން ހިނގާ ބަހުސްތަކުގެ ތެރެއަށް އެހެން ޕާޓީތަކުން ނުވަނުމަށް އެދި ވަޑައިގަންނަވާ ކަމަށެވެ.

"ހަމަ ގައިމުވެސް އަޅުގަނޑަށް މިއަދު ކަށަވަރު، ތި ބޭފުޅުން ބޭނުންވާ ގޮތް ނޫން ގޮތެއް މި ރާއްޖޭއަކު ނުހިނގާނެ. ހުރަސް އެޅުމަށް މަދު ބަޔަަކު 2012 ވަނަ އަހަރު އުޅުނު. ނަމަވެސް މާ ސާފުކޮށް މި ދިވެހި އުންމަތް، ދިވެހި ރައްޔިތުން ދިވެހިރާއްޖޭގެ ހަގީގަތް މުޅި ދުނިޔެއަށް ހާމަކޮށްދީފި. ތި ބޭފުޅުން ތިބީ ކީ މަޑުން ތިބޭކަށް ނޫން. އަތް އުރާލައިގެން ތިބޭ ގޮތަކަށްވެސް ނޫން." ނަޝީދު ވިދާޅުވިއެވެ.