ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިންޑިއާ އެކްސްޕޯއަށް ރައީސް ޒިޔާރަތް ކުރައްވައިފި

"އިންޑިއާ އެކްސްޕޯ 2019" ފެއާ އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ޒިޔާރަތް ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި، އެކްސްޕޯގެ އެކިއެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި މައުލޫމާތު ހޯއްދަވާފައިވެއެވެ. އެސްއެމްއީ އެންޑް އެންޓާޕްރަނާސް ފެޑަރޭޝަން އޮފް މޯލްޑިވްސް (ސެފްއެމް) އިން އިންތިޒާމުކުރި މި ފެއާ ގައި އިންޑިޔާގެ 30 ވިޔަފާރިއަކުން ސްޓޯލްތައް ހުޅުވާފައިވެއެވެ.

މި އެކްސްޕޯގެ މަޤްސަދަކީ އިންޑިޔާގެ ބައެއް ވިޔަފާރިތަކާއި އެފެރާތްތަކުގެ ބައެއް އުފެއްދުންތައް ރާއްޖޭގެ ވިޔަފާރިތަކާއި އާންމުންނަށް މާކެޓްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

އިންޑިއާ އެކްސްޕޯ ރޭ ވަނީ ކާމިޔާބު ކަމާއެކު ނިންމާލާފައެވެ.