ދެކުނު އޭޝިއާގެ 16 އަހަރުން ދަށުގެ ނެޓްބޯޅަ މުބާރާތުން ރާއްޖޭގެ ޒުވާން ޓީމުން ތިން ވަނަ ހޯދައިފި އެވެ.
ރާއްޖެ އިން ތިން ވަނަ މަގާމު ހޯދީ މިއަދު ނޭޕާލް ބަލި ކުރުމަށް ފަހު އެވެ. ރާއްޖެއިން މެޗު ކާމިޔާބު ކުރީ 35-25 ންނެވެ. ފުރަތަމަ ކްއާޓަރުގައި ރާއްޖެއިން 10 ޕޮއިންޓް ހޯދިއިރު ނޭޕާލަށް ސްކޯ ކުރެވުނީ ފަސް ޕޮއިންޓެވެ. ދެ ވަނަ ކްއާޓާގައި ރާއްޖޭގެ ސްކޯ 18 ޕޮއިންޓަށް ހިއްލާލި އެވެ. އެ ކްއާޓަރުގައި ނޭޕާލަށް ހޯދުނީ ހަތަރު ޕޮއިންޓެވެ.
ތިން ވަނަ ކްއާޓާގައި ނޭޕާލުން ކުޅުން ރަނގަޅު ކުރި އެވެ. އެ ކުއާޓަރުގައި ނޭޕާލުން 11 ޕޮއިންޓް ސްކޯ ކުރި އެވެ. ރާއްޖޭގެ ޓީމަށް ސްކޯ ކުރެވުނީ ނުވަ ޕޮއިންޓެވެ. ނަމަވެސް ނޭޕާލަށް ރާއްޖޭގެ މައްޗަށް ލިޑް ނެގޭ ގޮތެއް ނުވި އެވެ. ރާއްޖެއިން އެ ކްއާޓާ ނިންމާލީ ހަތް ޕޮއިންޓްގެ ލީޑަކާއެކު އެވެ. ފަހު ކްއާޓަރު ރާއްޖެއިން ނިންމާލީ 10 ޕޮއިންޓްގެ ލީޑަކާއެކު އެވެ.
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރާއްޖޭގެ އައިޝަތު ނޫމީ ނާސިރެވެ. ގުރޫޕް ސުޓޭޖުގައި ވެސް ރާއްޖެއިން ވަނީ ނޭޕާލް ބަލިކޮށްފަ އެވެ. މުބާރާތުގެ ފައިނަލުގައި ވާދަ ކުރަނީ ސެމީފައިނަލުގައި ރާއްޖެ ބަލި ކުރި އިންޑިއާ އާއި ނޭޕާލް ބަލި ކުރި ސްރީލަންކާ އެވެ.