ސިއްހަތު

ޓްރާންސްފިއުޝަން މެޑިސިން ސެޝަންތައް ނިންމާލައިފި

Oct 23, 2019

"އެން އަޕްޑޭޓް އޮން ޓްރާންސްފިއުޝަން މެޑިސިން" މިއަދު ނިންމާލައިފި އެވެ.

މިދިއަ ހޯމަ ދުވަހު ހޮޓެލް ޖެން އާއި އައިޖީއެމްއެޗްގެ އޯކިޑް ހޯލުގައި އެން އަޕްޑޭޓް އޮން ޓްރާންސްފިއުޝަން މެޑިސިން ސެޝަންތައް ކުރިޔަށް ގެންގޮސްފައިވަނީ ޓްރޭނިންގ އާއި ސީއެމްއީ ހިމެނޭ ގޮތަށެވެ.

އައިޖީއެމްއެޗް ގެ ލެބޯޓަރީ މެޑިސިން އާއި ނޭޝަނަލް ހެލްތު ކެއާ އެކަޑެމީ އާއި އޭޝިއަން އެސޯސިއޭޝަން އޮފް ޓްރާންސްފިއުޝަން މެޑިސިން ގެ އިތުރުން އެސްޓީއޯ ގުޅިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމް ސްޕޮންސާ ކޮށް ދިނީ ވެސް އެސްޓީއޯ އެވެ.

މި ސެޝަންތަކުގައި އައިޖީއެމްއެޗާއި މޯލްޑިވިއަން ބްލަޑް ސަވިސް އާއި ހުޅުމާލޭ ހޮސްޕިޓަލާއި ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ފުވައްމުލަކު ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ލެބޯޓްރީ ޓެކްނޮލޮޖިސްޓުން އަދި ނަރުހުންނާއެކު 150 މީހުން ބައިވެރިވި އެވެ.