ހަބަރު

އެމްޑީޕީ ލީޑާޝިޕް އިންތިހާބުގެ ވޯޓާސް ލިސްޓު ނެރެފި

Oct 23, 2019
2

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ލީޑާޝިޕް ހޮވަން ބާއްވާ އިންތިހާބުގައި ވޯޓު ލެވޭ ފަރާތްތަކުގެ ލިސްޓު އާންމުކޮށްފި އެވެ.

އެމްޑީޕީގެ ވެބްސައިޓުގައި މިއަދު ވޯޓާސް ލިސްޓު އާންމުކޮށް، އެ ޕާޓީން ބުނެފައި ވަނީ އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހާ ހަމަޔަށް ހުޅުވާލާފައިވާ ކަމަށެވެ. އެމްޑީޕީގެ ވެބްސައިޓުގައިވާ ލިންކް މެދުވެރިކޮށް ހުރިހާ ދާއިރާއެއްގެ ވޯޓާސް ލިސްޓު ވަކިވަކިން ބަލައިލެވެ އެވެ.

ވޯޓު ލެވޭ މީހުންގެ ލިސްޓު

ލީޑާޝިޕް ހޮވާ އިންތިހާބުގައި އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލާފައި ވަނީ އެ ޕާޓީގެ މިހާރުގެ ވެސް ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ.

ޕާޓީގެ ނައިބު ރައީސްގެ މަގާމަށް މިހާރުގެ ވެސް އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ ކުރިމަތިލައިފަ އެވެ.

ޕާޓީގެ ރައީސަކު އިންތިހާބު ކުރި ނަމަވެސް އެމްޑީޕީގެ އަސާސީ ގަވައިދު ބުނާ ގޮތުން ޕާޓީ ގައުމުގެ ވެރި ކަމުގައި އޮންނަ އިރު ޕާޓީގެ އެންމެ އިސްވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ އެވެ. މިވަގުތު ރައީސް ކަމުގައި ހުންނެވީ އިބްރާހިމް މުހައްމަދު ސޯލިހެވެ.