ދިރާގު

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދިރާގުން ހިނިތުންވުން

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަކީވެސް ކުޅިވަރުގެ ދަނޑުގައި ވާދަކޮށް ރަން ވަނަތައް ހޯދޭނެ ކުދިންނެވެ. ދުނިޔޭގެ ކުޅިވަރުގެ މައިދާނުގައި އެފަދަ މީހުން ދަނީ ކާމިޔާބީތައް ހޯދައި، ރެކޯޑުތައް މުގުރަމުން، މިސާލު ދައްކަމުންނެވެ.

ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް އަކީ މީގެ ނުވަ އަހަރު ކުރިން ފެށިގެން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކުޅިވަރުގެ ދަނޑުން ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކޮންމެ އަހަރަކު ބާއްވާ އިވެންޓެކެވެ. އިއްޔެ ބޭއްވީ ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް އިވެންޓަށް ނުވަ އަހަރުވީއިރު އެ އިވެންޓަށް ވަނީ ތަފާތެއް ގެނެސްފަ އެވެ. އެއީ ވާދަވެރި ރޭސްތަކެއް ބޭއްވުމެވެ. ތަފާތު ކުރުމެއްނެތި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަކީވެސް ކުޅިވަރުތަކުގައި ވާދަވެރި ކަމާއެކު ފައި ހަމަ ކޮށްލެވޭނެ އެތުލީޓަކަށް ބަދަލު ކުރެވޭނެ ކަން ދިރާގުގެ މި އިވެންޓުން ސާބިތު ކޮށްދެ އެވެ.

ދިރާގުން އިސްނަގައިގެން، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހައްގުގައި މަސައްކަތް ކުރާ މަދަނީ އަދި އިންސާނީ ހިދުމަތުގެ ޖަމްއިއްޔާތަކާއި ސްކޫލްތަކާ ގުޅިގެން ބޭއްވި މި ފެސްޓިވަލުން ފެނުނު މަންޒަރުން އިންސްޕަޔާ ވެ އެވެ.

ނުކުޅެދުންތެރިންކަން ހުންނަ ކުދިން ބައިނަލްއަގްވާމީ ވާދަވެރި މުބާރާތްތަކުގައި ވާދަ ކުރަން ފަށައި މެޑަލް ވެސް ގެނެސްފި އެވެ. އެކުދިންނަކީ އެފަދަ ކާމިޔާބީއަކާ ހަމައަށް ވާސިލްވެވިދާނެ ކުދިންތަކެއް ކަމަށް ކުރިން ގަބޫލުނުކުރެވުނު އެތައް ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވެ. ނަމަވެސް ނުރަނގަޅު އެވިސްނުން ބަދަލު ކޮށްލި ހަރަކާތަކީ ދިރާގުގެ ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް އެވެ.