ވިޔަފާރި

ދިރާގުން ފައިބަ ބްރޯޑްބޭންޑް ހިލޭ ގުޅައިދޭ ޕްރޮމޯޝަނެއް

Oct 29, 2019
3

ދިރާގުން ގޭގެއަށް ދޫކުރާ، ފައިބަ ބްރޯޑްބޭންޑް އިންޓަނެޓް ހިލޭ ގުޅައިދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ރާއްޖޭގައި އެންމެ ފުޅާކޮށް އިންޓަނެޓުގެ ހިދުމަތް ދޭ ދިރާގުން ބުނި ގޮތުގައި މި ޕްރޮމޯޝަނުގެ ދަށުން ގެ އަށް ހިލޭ އިންޓަނެޓް ގުޅައިދޭ އިރު ހިލޭ ރައުޓަރެއް ވެސް ދޭނެ އެވެ.

ދިރާގުގެ މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

ދިރާގުން ދޫކުރާ ފައިބަ އިންޓަނެޓުގެ ހިދުމަތް ރާއްޖޭގެ ގޭބިސީތަކުގެ 75 ޕަސެންޓަށް ލިބެ އެވެ. އެ ކުންފުނިން މި ހިދުމަތުގައި ބޭނުން ކުރަނީ ފަހުގެ ޓެކްނޮލޮޖީ އެވެ.

ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އިންޓަނެޓުގެ ހިދުމަތް ދޭން، ދޫކުރާ ޕެކޭޖު ތަކަކީ އެންމެ އެލަވަންސް ގިނަ އަދި ސްޕީޑު ވެސް މަތި ޕެކޭޖުތަކެވެ.، އަދި އެ ކުންފުނީގެ ނެޓްވޯކްއަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބަ ނެޓްވޯކެވެ.