ހަބަރު

ފައްވާރު ހުޅުވާނީ ހަމައެކަނި ހަފްތާ ބަންދުގައި: އެމްޓީސީސީ

Aug 15, 2015

މިނިވަން 50 ދިމާކޮށް އެމްޓީސީސީ އިން ޖުމްހޫރީ މައިދާނުގައި ހެދި މިއުޒިކަލް ފައުންޓެއިން ހުޅުވާނީ ހަމައެކަނި ހުކުރު އަދި ހޮނިހިރު ދުވަހު ކަމަށް އެ ކުންފުނިން މިއަދު ހަމަޖައްސައިފި އެވެ. 

 * ހެނދުނު 7:30 އިން 10:30 އަށް.

 * ހަވީރު 4:15 އިން 5:45 އަށް. 

 * ރޭގަނޑު 8:30 އިން 10:30 އަށް.

މިއުޒިކަލް ފައުންޓެއިން އަކީ ޖުމްހޫރީ މައިދާން ތަރައްގީ ކުރުމަށް ހިންގި މަޝްރޫއުގެ ދަށުން ހެދި ތަނެކެވެ. އެތަން ވަނީ މިނިވަން ދުވަހުގެ ހަރަކާތްތަކަށް ފަހު ބަންދުކޮށްފަ އެވެ. ނަމަވެސް އިއްޔެ އިން ފެށިގެން އެތަން ވަނީ އަނެއްކާ ވެސް ހުޅުވައިފަ އެވެ. 

މިޔުޒިކާ އެއް ހަމަޔަކަށް ފެން އަރުވާ އެ ފެންވާރު ބަލައިލުމަށް އެތައް ބަޔަކު މީގެ ކުރިން އެއްވި އެވެ. އަދި އެތަނުގެ ތެރެަަށް ކުޑަކުދިން އެރުމުގެ ސަބަބުން ބައެއް ގެއްލުންތައް ލިބި އެތަން މަރާމާތު ކުރަން ޖެހުނެވެ.