އޮފްބީޓް

ދަރަނި ނުދައްކަން މަރުވި ކަމަށް ހެދުނު ލޯބިވެރިޔާ ފަޅާ އަރައިފި

ކުރީގެ ލޯބިވެރިންނާ ބައްދަލުވުމަކީ ވެސް ބައެއް މީހުންނަށް ވަރަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމެކެވެ. ލޯބިވެރިޔާ މަރުވީ ކަމަށް ހިތާ އެކަމުގެ ހިތާމައިގައި އެތައް އަހަރެއް ހޭދަވާ ފަހުން އެ މީހާއާ އަލުން ދިމާވެއްޖެނަމަ ހިތަށް ވާނެ ގޮތް އަދި ބަޔާން ކުރަން ވެސް ދަތިވާނެ އެވެ.

އޮސްޓްރޭލިޔާގެ ރޭޗަލް އަށް އޭނާގެ ކުރީގެ ލޯބިވެރިޔާ އާ ބައްދަލުވީ އޭނާ މަރުވީ ކަމަށް ގަބޫލު ކޮށްގެން ހުންނަތާ ދެ އަހަރު ވީ ފަހުންނެވެ. ރޭޗަލް އަށް އެނގުނު ގޮތުގައި އޭނާގެ ލޯބިވެރިޔާ މަރުވެ ގަދަ ސަލާމަތުން އެބަ ހުއްޓެވެ.

ރޭޗަލް އާއި އޭނާގެ ގޭދޮށުގައި ހުންނަ ރެސްޓޯރެންޓެއްގައި ކައްކާއެއްގެ ގޮތުގައި މަސައްކަތް ކުރާ މި މީހާ އާ ބައްދަލުވީއިރު ރޭޗަލްގެ އުމުރުން 18 އަހަރެވެ. އެ ފިރިހެންމީހާގެ އުމުރުން 21 އަހަރެވެ. ދެ މީހުން ރައްޓެހިވިތާ އެންމެ ތިން މަސް ދުވަސް ތެރޭގައި އެ މީހާ ވަނީ ރޭޗަލް އަތުން 1400 އޮސްޓްރޭލިޔަން ޑޮލަރު ދަރަންޏަށް ނަގާފަ އެވެ. އަތަށް ލިބުނު އަނިޔާއަކަށް ފަރުވާ ކުރަން ކަމަށް ބުނެ އެވެ.

މާ ގިނަ ދުވަހެއް ނުވެ ދެ މީހުން ރުޅިވި އެވެ. ވަރަށް ކޫސަނި މައްސަލައެއްގަ އެވެ. ރުޅިވެފަ ވެސް ރޭޗަލް އަތުން އަތުލި ފައިސާ އޭނާ ރައްޓެހިވެގެން އުޅުނު މީހާ ނުދެ އެވެ.

ދުވަސްކޮޅެއް ފަހުން އެމީހާ އަށް ރޭޗަލް ކުރާ މެސެޖްތަކަށް ޖަވާބު ލިބުން ހުއްޓުނެވެ. ދުވަސްކޮޅަކުން އެމީހާގެ ރައްޓެހިންގެ ފަރާތުން ރޭޗަލް އަށް އެނގުނީ އޭނާ ދިރިއުޅުނު ގޭގައި ހުރި އޭނާގެ އެއްޗެހި ވެސް މަޑުމަޑުން މަދުވަމުންދާ ކަމެވެ. އެގޮތުން އެނދާއި ފަރުނީޗަރު އަދި ހުރިހާ އެއްޗެއް ގެއްލުނެވެ.

ރޭޗަލް އަށް ފަހުން އެނގުނު ގޮތުގައި އެ ފިރިހެންމީހާ ވަނީ އެހެން މީހުން އަތުން ވެސް ދަރަންޏަށް ފައިސާ ނަގާފަ އެވެ. ދުވަސްކޮޅެއް ފަހުން އެ ފިރިހެންމީހާ މަރުވި ކަމަށް އޭނާގެ މަންމަ މީހުން ގާތުގައި ކިޔަން ފެށި އެވެ. ބައިކް ގޭންގަކަށް ފައިސާ ދޭން އޮވެ އެ ފައިސާ ނުދިނީމަ މަރާލީ ކަމަށް އޭނާގެ މަންމަ ކިޔަމުން ދިޔަ ކަމަށް ވެއެވެ.
މި ވާހަކަ ގަބޫލުކުރަން ދަތިވިޔަސް އެ މީހާ ދޮގު ހަދާނެ ސަބަބެއް އޮތް ކަމަށް ނުފެނުނީމަ އިތުރު ސުވާލެއް ނުކޮށް އޭނާ މަރުވީކަމަށް ރޭޗަލް މުޅީން ނިންމީ އެވެ. އޭނާ ބުނި ގޮތުގައި އެއްވެސް މީހަކު އޭނާގެ މި ވެނި މީހަކު މަރުވެއްޖޭ ބުނެފިއްޔާ މަރުގެ ސެޓްފިކެޓް ދައްކާށެކޭ އެކަކުވެސް ނުބުނާނެ އެވެ.

ކުރީގެ ލޯބިވެރިޔާ މަރުވީ ކަމަށް ރޭޗަލް މުޅިން ނިންމިތާ ދެ އަހަރު ފަހުން އެކުވެރިއަކާއެކު އެހެން އަވަށެއްގައި ހުރި ރެސްޓޯރެންޓެއްގައި އިންދާ ރޭޗަލް އަށް އެމީހާ ފެނުނެވެ. އެ ރެސްޓޯރެންޓްގައި އިންދަ އެވެ. ރޭޗަލް އަށް ލިބުނީ ޝޮކެކެވެ. ނަމަވެސް އެ ފިރިހެންމީހާ ހުރި ރެސްޓޯރަންޓަށް ވަނުމުގެ ހުއްދަ ނެތީމަ ރޭޗަލް އަށް އެ ތަނަކަށް ނުވަދެވުނެވެ.

އެ ރޭ އެ ފިރިހެންމީހާގެ މަންމަގެ މެސެޖެއް އަނެއްކާވެސް ރޭޗަލް އަށް ލިބުނެވެ. އެއީ އޭނާގެ ދަރިފުޅު މަރުވެއްޖެކަމަށް ވާހަކަ ދައްކަމުން ހިނގި އަންހެންމީހާ އެވެ. އެ މެސެޖުގައިވަނީ ރެސްޓޯރެންޓްގައި ރޭޗަލް މެން އަޑުގަދަކޮށް ހެދީމަ އޭނާގެ ދަރިފުޅުގެ ވަޒީފާ ގެއްލިއްޖެ ކަމަށެވެ.

އޭނާގެ ފައިސާ ދޭން ފިރިހެންމީހާ ކައިރީ ރޭޗަލް އެދުމުން އެއްވެސް ފައިސާއެއް ދޭން އޮތް ކަމަކަށް އެމީހާ އެއްބަހެއް ނުވި އެވެ.