ހަބަރު

ޓްރީޓޮޕުން ހިތާނީ ކޭމްޕް ފަށަނީ

ޓްރީ ޓޮޕް ހޮސްޕިޓަލުން މިއަހަރުވެސް ސްކޫލު ޗުއްޓީއާ ދިމާކޮށް ހިތާނީ ކޭމްޕްއެއް ބޭއްވުމަށް ހަމަޖައްސައިފ އެވެ.

ޓްރީޓޮޕުން އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ މި މިކޭމްޕްގައި ބައިވެރިވާ ކުދިން ހިތާނު ކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 16 އިން އަންނަ އަހަރު ޖަނަވަރީ ހަތެއް ގެ ނިޔަލަށެވެ.

ހިތާނީ ޕެކޭޖުގެ އަގަކީ އާސަންދައަށް ކެނޑުމަށްފަހު 4،000 ރުފިޔާ އެވެ. އަދި ނަން ނޯޓުކުރުމަށް މިއަގުގެ 50 ޕަސެންޓު އެޑްވާންސްގެ ޑިޕޮސިޓެއް ދައްކަންޖެހެ އެވެ. އެޑްވާންސް ދެއްކުމުން ޑޮކްޓަރަށް ދެއްކުމުގެ އެޕޮއިންޓްމަންޓާއި، އިތުރު މައުލޫމާތު ލިބެ އެވެ.

ހިތާނީ ޕެކޭޖުގައި ހިމެނެނީ ؛

  • އޮޕަރޭޝަނަށް ހާއްސަ ޑޮކްޓަރަށް ދެއްކުން
  • ލެބް ޓެސްޓުތަައް
  • ހޭނައްތާ ޑޮކްޓަރަށް ދެއްކުން
  • އޮޕަރޭޝަނަށް ބޭނުންވާ ބޭސް
  • އޮޕަރޭޝަނަށްފަހު ބޭނުންކުރާ ލުއި ކާނާ
  • ޙިތާނީ އޮޕަރޭޝަންގެ އަގު އަދި އެޑްމިޓްކުރުމުގެ އަގު
  • ހިތާނު ކުރުމަށްފަހު ތިން ދުވަސް ފަހުން ޑޮކްޓަރަށް ދެއްކުން

މީގެ އިތުރުން، ހިތާނު ކުރާ ކުދިންނަށް މި ދުވަސް ހާއްސަ ކުރުމަށްޓަކައި ކުޑަ ހަދިޔާއަކާއި، ޓްރީ ޓޮޕް ޓީޝާޓް އަދި ދިވެހި ފޭލި ކުދިންނަށް ހަދިޔާކުރުމުގެ އިތުރުން ހިތާނީ ސަގާފީ ގޮތަށް ފަސް ވަނަ ބުރި ތައްޔާރު ކުރާނެ ކަމަށްވެސް އެ ހޮސްޕިޓަލުން މައުލޫމާތު ދިނެވެ.

އަދި، ހިތާނު ކުރާ ކުއްޖާ ހޮސްޕިޓަލުން ދޫކޮށްލުމަށްފަހު ތިން ދުވަސްފަހުން ޑޮކްޓަރަށް ދައްކަން ޖެހޭ އިރު މި ހިދުމަތް ޕެކޭޖްގެ ތެރެއިން ލިބޭނެ ކަމަށްވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

"މި ޕެކޭޖްގެ ދަށުން ހިތާނުކުރެވޭ ކުދިން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފަސް ވަނަ ބުރީގައި ހާއްސަކުރެވިފައިވާ ޓްވިން ޝެއަރިން ކޮޓަރިތަކުގައި އެޑްމިޓްކުރެވޭނެ. ރޫމް އަޕްގްރޭޑް ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް ޕެކޭޖްގެ ބޭރުން ރޫމްތައް ހާއްސަ ޑިސްކައުންޓް އަގުތަކުގައި ލިބޭނެ،" ހޮސްޕިޓަލުގެ އޮފިޝަލަކު މައުލޫމާތު ދިނެވެ.

ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި މި ކޭމްޕްގައި ހިތާނުކުރުމަށް އޮޕަރޭޝަނަށް ހާއްސަ ފަސް ޑޮކްޓަރުން ބައިވެރިވާނެ އެވެ.

އެގޮތުން، ޑރ. މެހްމެތު އޯޑާ އާއި ޑރ. ޝައިލޭޝް އަދިކަރީ އާއި ޑރ. ޑިއޭގޯ ޒާޓާރިއަން އަދި ޑރ. އަބްދުﷲ އުބައިދުގެ އިތުރުން ޑރ. މައުމޫން އާސިމް ބައިވެރިވެ އެވެ. މީގެ އިތުރުން އެކަމަށް ހާއްސަ ނަރުހުންގެ ޓީމެއް މި ކޭމްޕުގައި ހިމެނެ އެވެ.