ޓްރީ ޓޮޕް ހޮސްޕިޓަލް

ޓްރީޓޮޕުން ޕީސީއާރް ޓެސްޓުުގެ އަގު ހެޔޮކޮށްފި

ޓްރީ ޓޮޕް ހޮސްޕިޓަލުން ޕީސީއާރު ޓެސްޓް ހަދައިދޭ އަގުތައް ހެޔޮކޮށް ޓެސްޓު ކުރާ އަދަދު ވެސް އިތުރުކޮށްފި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން މިއަދު ބުނީ، ކޮވިޑް-19 އެ ހޮސްޕިޓަލުގައި ޕީސީއާރް ހެދޭނެ އާ މެޝިނެއް ބަހައްޓާ ޓެސްޓު ކުރެވޭ އަދަދު އިތުރު ކޮށްފައިވާ ކަމަށެވެ. އަދި މާދަމާއިން ފެށިގެން އެ ޓެސްޓު ހަދައިދޭ އަގުތައްވެސް ހެޔޮ ކޮށްފައިވާ ކަމަށެވެ.

ސީއާރް ޓެސްޓު ހަދައިދޭ އަގުތައް

  • ދިވެހި ރައްޔިތުންގެ ޓެސްޓް: 1,399 ރުފިޔާ
  • ވޯކް ޕާމިޓް ބިދޭސީންގެ ޓެސްޓް: 1,399 ރުފިޔާ
  • ފަތުރުވެރިންގެ ޓެސްޓް: 1,499 ރުފިޔާ

އެ ބަދަލާއެކު ޓްރީ ޓޮޕްގައި ސާމްޕަލް ނެގުމަށް ފަހު 24 ގަޑިއިރުތެރޭ އަދި ލަސް ވެގެން 48 ގަޑިއިރު ތެރޭ ނަތީޖާ ރިޕޯޓު ލިބޭނެ އެވެ. އަދި ޕީސީއާރު ޓެސްޓުގެ ނަތީޖާ އާޖެންޓް ކޮށް ބޭނުންވާ މީހުންނަށް ނަތީޖާ އަވަސް ކުރުމުގެ ޕްރީމިއަމް ހިދުމަތް ދޭނެ ކަމަށެވެ.

ޕީސީއާރު ޓެސްޓު ހެދުމުގެ ހިދުމަތް އޯޕީޑީ އާއި އައިޕީޑީ އަދި ޓްރެވަލް ސެޓްފިކޭޝަނަށް މިހާރު ވަނީ ހުޅުވާލާފަ އެވެ.