ޓްރީ ޓޮޕް ހޮސްޕިޓަލުން ހާއްސަ އަގުތަކަކާ އެކު ހެލްތު ކެއާ ޕެކޭޖްތަކެއް ތައާރަފުކޮށްފި އެވެ.
ޓްރީ ޓޮޕް އިން މި ޕެކޭޖްތައް ތައާރަފު ކުރީ އެ ހޮސްޕިޓަލްގެ ދެވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅިގެންނެވެ. އެ ގޮތުން އާންމުންނަށް އެ ޕެކޭޖްތައް ހުޅުވާލެވިފައި ވަނީ އަންނަ މާޗު މަހުގެ ފުރަތަމަ ދުވަހުން އެ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ޓްރީ ޓޮޕް އިން ބުނެ އެވެ.
ޓްރީ ޓޮޕް އިން ތައާރަފު ކުރި ޕެކޭޖްތައް
- ކްރޯނިކް ކިޑްނީ ޑިޒީސް (ގުދުރާ ނިޒާމްގެ ބަލިތައް) ސްކްރީނިން ޕެކޭޖް: 150 ރުފިޔާ
- އައި ކެއާ (ލޯ ޗެކް ކުރުމުގެ) ޕެކޭޖް: 350 ރުފިޔާ
- ޑެންޓަލް ކެއާ (ދަތުގެ ފަރުވާއަށް ޙާއްސަ) ޕެކޭޖް: 650 ރުފިޔާ
- ހެލްތު ޗެކަޕް ޕެކޭޖް (40 އަހަރުން ދަށަށް) : 1250 ރުފިޔާ
- ހެލްތު ޗެކަޕް ޕެކޭޖް (40 އަހަރުން މަތި) : 2800 ރުފިޔާ
ރާއްޖޭގައި ބައިނަލްއަގްވާމީ ފެންވަރަށް ސިއްހީ ހިދުމަތް ދިނުމަށް އަމާޒުކޮށް ހުޅުމާލޭގައި ޓްރީ ޓޮޕް ހޮސްޕިޓަލް ހުޅުވީ 2018 ވަނަ އަހަރުގެ މާޗުގެ މަހުގެ ފުރަތަމަ ދުވަހު އެވެ.
20 ސްޕެޝިއަލްޓީގެ ހިދުމަތުގެ އިތުރުން، ޕްލާސްޓިކް އަދި ރީކޮންސްޓްރަކްޓިވް ސާޖަރީ، ރޫމަޓޮލޮޖީ (ރާއްޖެބައްޔާއި ބެހޭ) އަދި އެމްބާމް ކުރުމުގެ ހިދުމަތް ވެސް އެ ހޮސްޕިޓަލުގައި މިހާރު ދެމުން ގެންދެ އެވެ.