ޓްރީ ޓޮޕް ހޮސްޕިޓަލް

ޓްރީ ޓޮޕްގައި އަންހެނުންނާއި ކުޑަކުދިންގެ ސެންޓަރެއް

Oct 17, 2021

އަންހެނުންނާއި ކުޑަކުދިންނަށް ސިއްހީ ހިދުމަތް ދޭން ޓްރީ ޓޮޕް ހޮސްޕިޓަލްގައި ސެންޓަރެއް ހުޅުވައިފި އެވެ.

އެ ހޮސްޕިޓަލްގެ ތިންވަނަ ފްލޯގައި ގާއިމު ކުރިު ސެންޓަރު ހުޅުއްވައި ދެއްވީ ޓްރީ ޓޮޕް ހެލްތުގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ނަޒީރެވެ. އޭނާ ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހަތަރު ކުންފުންޏެއް ގުޅިގެން ޓްރީ ޓޮޕް އުފެއްދީ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތަކެއް ތައާރަފުކޮށް ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއަރުވަން ކަމަށެވެ. ދެން ވިދާޅުވީ މިދިޔަ ދުވަސްތަކުގައި ކުރިއެރުންތަކެއް ހޯދިއްޖެ ކަމަށެވެ.

އަލަށް ހުޅުވި ސެންޓަރާ ގުޅޭ ގޮތުން ނަޒީރު ވިދާޅުވީ އެތަނުން ރަނގަޅު ހިދުމަތްތަކެއް ފަސޭހަކަމާއެކު ލިބޭނެ ކަމަށެވެ.

އެ ސެންޓަރުގައި ވައިޓަލްސް ބަލާ ކޮޓަރިއަކާއި، އަލްޓްރާސައުންޑު ހިދުމަތްދޭ ކޮޓަރި އަކާއި، 13 ކޮންސަލްޓޭޝަން ރޫމާއި، ފޮޓޯތެރަޕީ ޔުނިޓަކާއި، ބޭބީ ނާސަރީ އަކާއި، ބްރެސްޓް ފީޑިން އަދި ބޭބީ ޗޭންޖިން ކޮޓަރިއެއް ވެސް ހަދާފައިވެ އެވެ.

ސެންޓަރުން ހިދުމަތް ދޭނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 8:00 އަށެވެ.