ހަބަރު

ޓްރީޓޮޕުން ފުރަަތަމަ ފަހަރަށް އުކުޅު ވަޅު ބަދަލު ކުރުމުގެ ކާމިޔާބު އޮޕަރޭޝަނެއް

Oct 25, 2019
1

އެންމެ ޒަމާނީ ވަސީލަތްތްތަކާއެކު އުފައްދާފައިވާ، ޓްރީޓޮޕު ހޮސްޕިޓަލުން ފުރަަތަމަ ފަހަރަށް އުކުޅު ވަޅު ބަދަލު ކުރުމުގެ އޮޕަރޭޝަނެއް، ކާމިޔާބުކަމާއެކު ކޮށްފި އެވެ.

ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުން ބުނި ގޮތުގައި އުކުޅުވަޅު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ކޮށްފައިވަނީ މިމަހުގެ 20 ދުވަހު ކަމަށެވެ. މި އޮޕަރޭޝަންކޮށްފައިވަނީ ރާއްޖެ ބައްޔަށް ފަރުވާ ކުރަމުންދާ 29 އަހަރުގެ މީހެއްގެ ކަމަށް ބުނެފައިވެ އެވެ.

މި އޮޕަރޭޝަން ކުރުމަށް ހަރަކާތްތެރިވެފައިވަނީ ކަށީގެ އޮޕަރޭޝަނަށް ހާއްސަ ޑޮކްޓަރުން، ޑރ. ކަންނިރާޖް މަރިމުތު، އާއި ޑރ. ޑޭވިޑް މޮންޓިނެގްރޯ އަދި ޑރ. ހުސެއިން ފައިސަލް އެވެ. މިބޭފުޅުންގެ އިތުރުން އަމަލީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ ހޭނައްތާ ޑޮކްޓަރ ޑރ. ވޮރަން ކަބަލާ އަދި ހުނަރުވެރި ނަރުހުންގެ ޓީމަކުން ބައިވެރިވި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ކަށީގެ ހާއްސަ ޑޮކްޓަރުންނަކީ ތަޖުރިބާކާރު އަދި ހުޅުތައް ބަދަލުކުރުމުގެ އޮޕަރޭޝަން ކުރުމުގައި ވަރަށް ގާބިލް ބޭފުޅުންނެވެ. މި ހޮސްޕިޓަލްގައި މިފަދަ އޮޕަރޭޝަންތައް ކުރުމަށް ބޭނުންކުރަނީ އެންމެ ޒަމާނީ ވަސީލަތް ތަކެވެ.

މި ހޮސްޕިޓަލުގެ ކަށީގެ ހާއްސަ ޑޮކްޓަރުންނަށް ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 09:00 ން ހަވީރު 06:00 އެޕޮއިންޓްމަންޓް ދޫކުރެ އެވެ. އެޕޮއިންޓްމަންޓް ހެއްދެވުމަށް އެ ހޮސްޕިޓަލްގެ ނަމްބަރަށް ގުޅައިގެން ނުވަތަ ގުޅުއްވާ ނުވަތަ އޮންލައިން ގެސްޓް ޕޯޓަލް އިހްތިޔާރު ކުރެވޭނެ އެވެ.

މި އަހަރުގެ ފެބްރުއަރީ މަހު ހުޅުވި ޓްރީޓޮޕް ހޮސްޕިޓަލް އިން ވަނީ ތަފާތު ބޮޑެތި އޮޕަރޭޝަންތައް މިހާރު ކާމިޔާބުކަމާއެކު ކޮށްފަ އެވެ. މީގެތޭގައި ގުނަވަން ނެގުމުގެ ކާމިޔާބު އޮޕަރޭޝަންތައް ވެސް ހިމެނެ އެވެ.