ޓްރީ ޓޮޕް ހޮސްޕިޓަލް

ޓްރީ ޓޮޕްގައި ކާޑިއޮލޮޖީގެ ހިދުމަތްތައް އަލުން ފަށައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކާޑިއޮލޮޖީ ނުވަތަ ހިތުގެ ބަލިތަކުގެ ހާއްސަ ހިދުމަތްތައް މެދުކެނޑުމަށްފަހު އިއްޔެ އިން ފެށިގެން އަލުން ފަށައިފި އެވެ.

ޓްރީޓޮޕުން ބުނި ގޮތުގައި، ކާޑިއޮލޮޖީ ޑިޕާޓްމަންޓްގެ ހިދުމަތް ފޯރުކޮށްދެއްވާނީ ހިތުގެ ބަލިތަކަށް ހާއްސަ ކޮންސަލްޓަންޓުން، ޑރ. އަބްދުލް އަޒީޒް އާއި ޑރ. ދިނޭޝް މުރުގަދާސް އެވެ.

ކާޑިއޮލޮޖީ ހިދުމަތަށް ހެނދުނު 8:00 އާއި ހަވީރު 6:00 ގެ ދެމެދުގައި އެޕޮއިންޓްމަންޓް ހެދޭނެ ކަމަށް ޓްރީޓޮޕުން ބުނެ އެވެ. އަދި، އެޕޮއިންޓްމަންޓް ހެދުމަށް ކޮންޓެކްޓް ސެންޓަރު (3351610) ގެ އިތުރުން ހޮސްޕިޓަލުގެ ރިސެޕްޝަން ނުވަތަ އޮންލައިން ގެސްޓް ޕޯޓަލް އިންވެސް ހިދުމަތަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ކާޑިއޮލޮޖީ ޑިޕާޓްމަންޓްގެ ދަށުން ހިތާއި ލޭނާރުތަކުގެ ބަލިތަކަށް ފަރުވާ ދެވޭނެ އެވެ. އެގޮތުން މޭގައި ރިއްސުން، ހިތުގެ ވިންދު އަވަސްވެ މޭތެޅުން، ހިތުގެ ވިންދުޖެހުމަށް ބަދަލު އައުން، ހިތުގެ މަސްފަށަލައިގެ ބަލިތައް، ހިތުގެ ލޭނާރުތައް ބެދުމާއި ހިތުގެ ލޭހޮޅިތަކުގެ ބަލިތައް، އުފެދުމުގައި ހުންނަ ހިތުގެ މައްސަލަތައް އަދި މީގެ އިތުރުންވެސް ދިމާވާ ހިތުގެ މައްސަލަތަކަށް ފަރުވާ ދެވެ އެވެ.

ޓްރީޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ އެންމެ ފުރަތަމަ އަލްޓްރާ-މޮޑާން ހޮސްޕިޓަލެވެ. މީގެ ކުރިން ބައެއް ހިދުމަތްތަކަށް އާސަންދަ ނެގި ނަމަވެސް، އެ ހޮސްޕިޓަލަކީ މިހާރު ހުރިހާ ހިދުމަތަކަށް އާސަންދަ ދޭ ހޮސްޕިޓަލެކެވެ.