ޓްރީ ޓޮޕް ހޮސްޕިޓަލް

ޓްރީޓޮޕުން ރޯދައަށް ހާއްސަ ޕެކޭޖެއް

ރޯދަމަހަށް ހާއްސަ މެޑިކަލް ސްކްރީނިންގް ޕެކޭޖެއް ޓްރީ ޓޮޕުގައި ތައާރަފު ކުރަން އެ ހޮސްޕިޓަލުން ނިންމައިފި އެވެ. ޓްރީޓޮޕްގެ މި ޕެކޭޖަކީ "ރޯދަ އާއި ސިއްހަތު" ގެ ނަމުގައި އަންނަ ބުރާސްފަތި ދުވަހު ފަށާ ޕްރޮގްރާމެކެވެ.

ހުޅުމާލޭގައި ހިންގާ ޓްރީ ޓޮޕްގެ މި ސްކްރީނިން ޕްރޮގްރާމް ރޯދަ މަހުގެ ނިޔަލަށް ކުރިޔަށް ގެންދާނެ އެވެ. މި ޕްރޮގްރާމްގައި ރޯދައަށް ތިބޭ މީހުންގެ ސިއްހީ ހާލަތު ބަލައި ދިނުމާއި ރޯދަ މަހުގައި ސިއްހަތު ދުޅަހެޔޮކޮށް ބަހައްޓާނެ ގޮތުގެ މައުލޫމާތު ފޯރު ކޮށްދޭނެ އެވެ.

މި ޕެކޭޖްގެ ތެރޭގައި މެޑިކަލް ޗެކްއަޕާއި ފިޒިކަލް ޗެކްއަޕްގެ އިތުރުން ތަފާތު ލެބޯޓަރީ ޓެސްޓްތައް ކޮށްދޭނެ އެވެ. ޕެކޭޖުގައި ބައިވެރިވާން ދައްކަން ޖެހޭނީ 1،449ރ. އެވެ. ޕެކޭޖްގައި ނުހިމެނޭ ޓެސްޓުތައް ހަދަން ބޭނުންވާ ނަމަ، 10 ޕަސެންޓުގެ ޑިސްކައުންޓަކާއެކު އެ ޓެސްޓް ހެދުމުގެ ފުރުސަތު ވެސް ދެ އެވެ.

އޭގެ ތެރޭގައި ހަކުރުބަލި ހުންނަ މީހުންނަށް ބޭނުންވާ ގްލައިކޮހިމަގްލޮބިން އާއި ވިޓަމިން ބީ 12 އަދި ރިއުމަޓޮއިޑްފެކްޓާ ޓެސްޓުތައް ވެސް ހިމެނެ އެވެ.

ރޯދަ މަހު ޓްރީ ޓޮޕް ހޮސްޕިޓަލުން އެޕޮއިންޓްމަންޓް ދެނީ ހެނދުނު 10:30 އިން މެންދުރު 3:00 ކަށް، އަދި ރޭގަނޑު 8:30 އިން 10:30 ށެވެ.