ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޓްރީޓޮޕުން ޕީސީއާރް ޓެސްޓުުގެ އަގު އަނެއްކާވެސް ހެޔޮކޮށްފި

ޓްރީ ޓޮޕް ހޮސްޕިޓަލުން ޕީސީއާރު ޓެސްޓް ހަދައިދޭ އަގުތައް އަނެއްކާވެސް ހެޔޮކޮށް ޓެސްޓު ކުރާ އަދަދު އިތުރުކޮށްފި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން މިއަދު ބުނީ، ކޮވިޑް-19 އެ ހޮސްޕިޓަލުން ހަދާ ޕީސީއާރް ޓެސްޓުގެ ނަތީޖާ 12 ގަޑިއިރު ތެރޭ ލިބޭނެ ކަމަށެވެ. އަދި، އަގު ހެޔޮކޮށް ގިނަ އަދަދެއްގެ ޓެސްޓު ހެދޭނެ ގޮތް ހެދީ ރާއްޖޭގައި ޕީސީއާރް ޓެސްޓު ގިނައިން ހަދަން ޖެހޭތީ ކަމަށެވެ.

އެ ހޮސްޕިޓަލުން މި މަހު ހަތެއްގައިވެސް ވަނީ ޕީސީއާރް ޓެސްޓު ހަދާނެ އާ މެޝިނެއް ގެނައުމުން އަގުތަކަށް ބަދަލު ގެނެސްފަ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ޕިސީއާރް ޓެސްޓުގެ އަގުތައް:

  • ދިވެހި ރައްޔިތުން - 1,149ރ.
  • ވޯކް ޕާމިޓް ބިދޭސީން - 1,149ރ.
  • ފަތުރުވެރިން - 1,199ރ.

މީގެ ކުރިން ރާއްޖޭގެ ރައްޔިތުންނަށް ޓެސްޓު ހަދައިދިނީ 1,399 ރުފިޔާ އަށެވެ. ވޯކް ޕާމިޓް އާއެކު އަންނަ ބިދޭސީންންނަށސް 1,399 ރުފިޔާ އަދި، ފަތުރުވެރިންނަށް ޓެސްޓު ކޮށްދިނީ 1,499 ރުފިޔާ އަށެވެ.

އެހޮސްޕިޓަލުން ބުނީ، އަގުތައް ހެޔޮ ކުރުމާއެކު ޕީ.ސީ.އާރު ނަތީޖާ އާޖަންޓުކޮށް ބޭނުންވާނަމަ ނަތީޖާ އަވަސްކުރުމުގެ ޕްރީމިއަމް ހިދުމަތް ވެސް ދޭ ކަމަށެވެ. ޕީސީއާރު ޓެސްޓު ހެދުމުގެ ހިދުމަތް އޯޕީޑީ އާއި އައިޕީޑީ އަދި ޓްރެވަލް ސެޓްފިކޭޝަނަށް މިހާރު ވަނީ ހުޅުވާލާފަ އެވެ.