ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑުން ހިލޭ 10 ޖީބީ

Mar 29, 2020
2
ދިރާގު މުވައްޒަފަކު އެކުންފުނީގެ ކަސްޓަމަރަކާއެކު: ކޮވިޑް-19 އާއި ގުޅިގެން ދިރާގުން ވަނީ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 10 ޖީބީ ދީފައި -- ފޮޓޯ: އަވަސް އާކައިވް
0%
0%
0%

ދިރާގުގެ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހިލޭ އިންޓަނެޓް ބޭނުން ކުރަން 10ޖީބީގެ ބޫސްޓާއެއް ދޭން އެ ކުންފުނިން ނިންމައިފި އެވެ.

ދިރާގުން ބުނީ މިއީ ކޮވިޑް-19 އާ ގުޅިގެން ސްކޫލްތަކާއި ކޮލެޖްތަތައް ބަންދުކޮށް ގިނަ ބަޔަކު ގޭގައި ތިބެން ޖެހުމުގެ ސަބަބުން އިންޓަނެޓްގެ ބޭނުން ވަރަށް މުހިންމު ވެފައިވާތީ، ރިމޯޓް އެޑިއުކޭޝަނާއި ރިމޯޓް ވޯކިން އަދި އާއިލާއާއެކު މުނިފޫހިފިލުމަށް އިންޓަނެޓް ބޭނުން ކުރަން ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.

ހިލޭ ދޭ 10ޖީބީގެ ބޫސްޓާ މި މަހުގެ އަދި އޭޕްރީލް މަހުގައި ފިކްސްޑް ބްރޯޑްބޭންޑް [ޔޫސޭޖް ޕޯޓަލް] (https://portal.dhivehinet.net.mv/home) މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭނެ އެވެ. އިންޓަނެޓް ބޭނުން ކުރެވޭ މިންވަރު ބަލަން ވެސް ޕޯޓަލް މެދުވެރިކޮށް އެސްއެމްއެސް ނޮޓިފިކޭޝަން އެކްޓިވޭޓް ކުރެވޭނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ދިރާގުން ދަނީ ރިމޯޓް އެޑިއުކޭޝަން އަދި ރިމޯޓް ވޯކިންއަށް މަގުފަހި ކޮށްދިނުމަށް އެކި ގޮތް ގޮތުން ލުއި ފަސޭހަ ގެނެސްދޭން މަސައްކަތް ކުރަމުންނެވެ. އެގޮތުން، ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 30 ޕަސެންޓް އިތުރު ޑޭޓާ މި މަހުގައި ވަނީ ދީފަ އެވެ. އަންނަ އޭޕްރީލް މަހުގައި ވެސް އެ 30 ޕަސެންޓް އިތުރު ޑޭޓާ ދޭން ނިންމާފައި ވެއެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345