ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ދިރާގު ޕޭ ބޭނުންކުރާ ފަރާތްތަކަށް އޮފާ ތަކެއް

ދިރާގު ޕޭ ބޭނުން ކުރާ ފަރާތްތަކަށް އިތުރު ކްރެޑިޓް، ޑިސްކައުންޓް އަދި ކޭޝް ބެކް އޮފާ ތަކެއް ތައާރަފު ކޮށްފި އެވެ.

ދިރާގުން ބުނީ މިއީ ކޮވިޑް-19އިގެ ބަލާއާފާތާ ގުޅިގެން ކަސްޓަމަރުންނަށް މިދުވަސްވަރު އިތުރު ލުއި ފަސޭހަތައް ފޯރުކޮށްދިނުމުގެ ގޮތުންނާއި ޑިޖިޓަލްކޮށް ފައިސާގެ މުއާމަލާތްތައް ހިންގަން އަހުލުވެރިކުރުވައި، އެކަމަށް ބާރު އެޅުމުގެ ގޮތުން ހާއްސަކުރި އޮފާތަކެއް ކަމަށެވެ.

ދިރާގުގެ މި އޮފާތަކުގެ ތެރޭގައި ޕްރީޕެއިޑް ކަސްޓަމަރުން ދިރާގު ޕޭ މެދުވެރިކޮށް ކުރާ ކޮންމެ ރީލޯޑަލަކަށް 20 ޕަސެންޓް ބޯނަސް ކްރެޑިޓް ހިލޭ ލިބެ އެވެ. އަށްރުފިޔާ އާއި 500 ރުފިޔާ އާ ދެމެދުގެ އަދަދަކަށް ދިރާގު ޕޭ މެދުވެރިކޮށް ރިލޯޑް ކުރެވޭނެއެވެ.

އަދި ޕޯސްޓްޕެއިޑް، ފިކްސްޑް ބްރޯޑް ބޭންޑާއި ދިރާގު ޓީވީ ކަސްޓަމަރުން ދިރާގުޕޭ މެދުވެރިކޮށް ބިލް ދެއްކުމުން ޖެހިގެނެ އަންނަ މަހުގެ މަހު ފީ އިން ފަސް ޕަސެންޓް ޑިސްކައުންޓް ލިބެ އެވެ. މި އޮފާތައް މިމަހުގެ އެއްވަން ދުވަހުން ފެށިގެން 30 ޖޫންގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.