ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ދިރާގުން ސިވިލް ސާވެޓުންގެ މަސައްކަތަށް ހިލޭ އިންޓަނެޓް

Apr 6, 2020
3
ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނަ ވެލާނާގެއިން ބަޔަކު ނުކުންނަނީ: ސިވިލް ސާވިސް މުވައްޒަފުންނަށް ދިރާގުން ހިލޭ އިންޓަނެޓް އެކްސެސް ދޭން ނިންމައިިފި -- ފޮޓޯ: އަވަސް ފައިލް
0%
0%
0%

ކޮވިޑް-19 އިން ރައްކާތެރިވާން ސަރުކާރުގެ އޮފީސްތައް ބަންދު ކޮށްފައިވާތީ ސަރުކާރުގެ ސިވިލް ސާވިސް މުވައްޒަފުންނަށް ގޭގައި ތިބެގެން އޮފީސް މަސައްކަތްތައް ކުރުމަށް އެ މުވައްޒަފުންނަށް ދިރާގުން ހިލޭ އިންޓަނެޓް އެކްސެސް ދީފި އެވެ.

ދިރާގުން މިއަދު ބުނީ ސަރުކާރުގެ ސިވިލް ސާވިސް މުވައްޒަފުން ގޭގައި ތިބިގެން މަސައްކަތް ކުރުމަށް ލުއި ފަސޭހަކަން ފޯރު ކޮށްދިނުމުގެ ގޮތުން ދިރާގުން ފޯރުކޮށްދޭ ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓްގެ ޒަރިއްޔާއިން ސަރުކާރުގެ ވިއުގަތަކަށް އެ މުވައްޒަފުން ހިލޭ ވަދެވޭ ގޮތް ހަމަޖައްސައިދީފައިވާ ކަމަށެވެ.

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ސަރުކާރުގެ ސިވިލް ސާވިސް މުވައްޒަފުންެގ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމަކީ މި ދަނޑިވަޅުގައި ދިރާގުން އެންމެ އިސްކަމެއް ދޭ އެ ކަންތައް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ގޮތުގެ މަތިން ސަރުކާރުގެ އެކި ޕޯޓަލްތަކަށް ސިވިލް ސާވިސް މުވައްޒަފުންނަށް ހިލޭ އެކްސެސް ކުރެވޭ ގޮތަށް ދިރާގުން ހަމަޖައްސާފައި ވަނީ ސަރުކާރުގެ ކޮމިއުނޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީއާ ވެސް ގުޅިގެންނެވެ.

މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުން ކުރުމަށް ލުއިތަކެއް ދިނުމުގެ ގޮތުން، ދިރާގުން ދަނީ މިދިޔަ މާޗު މަހުން ފެށިގެން ހިލޭ ޑޭޓާ އެލަވަންސް އަދި ޑިސްކައުންޓް ދެމުންނެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިސްނެންގެވުމުގެ މަތިން، ހިލޭ ޑޭޓާގެ މިންވަރު ވަނީ އޭޕްރީލް އަދި މެއި މަހަށް އިތުރު ކޮށްފަ އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހަސަނުގ

ދެތިން ސުވާލު. 1. ތި ޕޯޓަލްތައް އެނގެނީ ކިހިނެއް؟ 2. ދިރާގަށް ސިވިލް ސާރވެންޓުން ހޯދުނީ ކިހިނެއް؟ ސިވިލްސާރވެންޓުންގެ ތެރޭގަ އެންމެ ގިނައީ ޓީޗަރުން. ޓީޗަރުން ނުވަންނާނެ ތިޕޯޓަލްތަކަކަށް އޮންލައިން ކޮއް ކިޔަވައިދޭކަށް. - ގިނަ މީހުން ވީޑިޔޯ ހޯދަނީ ޔޫޓިއުބް އިން. - ވައިބާރ ގުރޫޕްތަކުގަ ރިސޯސް ޝެއާރ ކުރަނީ. - އޮންލައިން ސާރވިސްއަކަށް ބޭނުން ކުރަނީ ގޫގުލް ޕެކޭޗްތައް. (ގޫގުލް ކުލާސް ރޫމް، ޑްރައި، ވީޑިޔޯ ޗެޓަށް، ޑުއޯ ނޫނީ ހޭންގްއައުޓް. ދެން، މިތާ ހިލޭޔޭ، ސިވިލްސާރވެންޓުންނޭ ބުނީމަ އެވީ.

ފައިހާ

މިހެން ކަންކަން ހުންނަ ގައުމެއް ދެކުނިންތަ ކުދިން ކުދިން؟ ސޯލިހް މީ މޭން އެކޭ!

ހަސަނުގ

އާނ! މޭން އެއް. ވާނުވާ ނޭގޭ އެކަކަށްވެސް. މޮޅެތި ސުރުހީތައް. މިގޮތައް ހިލޭ ނުވިއްޔާ ރަނގަޅީ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345