ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ދިރާގުޕޭ ގެ މާޗެންޓް ޓްރާންސެކްޝަން ފީ ކަނޑަލައިފި

Mar 24, 2020
ދިރާގު މޮބައިލް ޕޭގެ ހިދުމަތް ފުރަތަމަ ތައާރަފު ކުރި މާރުކޭޓު ހަ ނަމްބަރު ގޮޅި: ދިރާގުޕޭ ގެ މާޗެންޓް ޓްރާންސެކްޝަން ފީ ތިން މަސްދުވަހަށް ނުނަގާ ގޮތަށް ވަނީ ހަމަޖައްސާފައި -- ފޮޓޯ: އަވަސް އާކައިވް
0%
0%
0%

ދިރާގު ޕޭ ގެ މާޗެންޓް ޓްރާންސެކްޝަން ފީ ނެގުން ތިން މަސް ދުވަހަށް ހުއްޓާލައިފި އެވެ.

ދިރާގުން ބުނީ ކޮވިޑް-19 އާއި ގުޅިގެން ނަގުދު ފައިސާގެ މުއާމަލާތަށްވުރެ ބޮޑަށް ގިނަ ވިޔަފާރިތަކުން ދިރާގު ޕޭ މެދުވެރިކޮށް ފައިސާގެ މުއާމަލާތްތަށް ކުރާ ކަމަށެވެ. އެހެންވެ ގިނަ ވިޔަފާރިތަކުން ދިރާގު ޕޭ ގާއިމު ކުރަން މަގުފަހި ކޮށްދިނުމަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއި ދިނުމުގެ ގޮތުން މާޗެންޓް ޓްރާންސެކްޝަން ފީ ނެގުން ތިން މަސްދުވަހަށް ހުއްޓާލާފައިވާ ކަމަށެވެ.

އެ މުއްދަތުގެ ތެރޭގައި އަލަށް ދިރާގު ޕޭ އާ ގުޅޭ ވިޔަފާރިތަކުގެ ފީ ވެސް ތިން މަސް ދުވަހަށް ނުނަނާގަ އެވެ. ދިރާގުން ބުނީ ކޮވިޑް-19 އިގެ ބަލާއާފާތުން ރައްކާތެރިވާން މަސައްކަތް ކުރާއިރު ވިޔަފާރީގެ މުއާމަލާތުގައި ނަގުދު ފައިސާ އާއި ކޭޝް ކާޑް ބޭނުން ކުރުމަކީ ރައްކާތެރި ގޮތެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ގޭގައި ތިބެ ބިލްތައް ދައްކާ، ރެސްޓޯރެންޓްތަކުން އޯޑަރު ކުރާ ކާބޯތަކެއްޗާއި، ގަންނަ އެހެން ސާމާނަށް ފައިސާ ދެއްކުމަށް ދިރާގު ޕޭގެ ބޭނުން ހިފޭނެ ކަމަށެވެ.

ދިރާގު ޕޭ ގެ މާޗެންޓް ފީ ތިން މަހަށް ހިލޭ ކުރުމަށް ހަމަޖއްސައި ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް -- ފޮޓޯ: ދިރާގު

ދިރާގު ޕޭ މެދުވެރިކޮށް ކޮންމެ މޯބައިލް ފޯނަކުން ވެސް ތަކެއްޗާއި ހިދުމަތްތަކަށް ފައިސާ ދައްކާ، ފައިސާ ޖަމާކޮށް އެކަކު އަނެކަކަށް ފައިސާ ޓްރާންސްފާ ކުރެވޭނެ އެވެ.

ދިރާގު ޕޭ ގެ ހިދުމަތް މިހާރު ރާއްޖޭގެ އެކި ހިސާބުތަކުން 260 އަށް ވުރެ ގިނަވިޔަފާރިތަކުން ބޭނުންކުރެ އެވެ. މި ހިދުމަތް ހޯދަން ކޮންމެހެން ދިރާގު ކަސްޓަމަރަކަށް ވާކަށް ނުޖެހޭނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345