އެސްޓީއޯ

އަލަށް އުފަންވާ ކުދިންނަށް އެސްޓީއޯ އިން ހަދިޔާ ދެނީ

Nov 23, 2021

އަލަށް އުފަންވާ ކުދިންނަށް ބޭނުންވާ ބާވަތްތަކެއް ހިމެނޭ ގޮތަށް ހަދިޔާ ދިނުމުގެ ކެމްޕޭނެއް އެސްޓީއޯ އިން ފަށައިފި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލާ ގުޅިގެން "ފަހުރުވެރި އާއިލާއަށް"ގެ ނަމުގައި އެސްޓީއޯ އިން މިވަގުތު މި ކެމްޕޭން ކުރިއަށް ގެންދަނީ ޓްރީ ޓޮޕްގަ އެވެ.

އެސްޓީއޯ އިން ދޭ "ގިފްޓް ހެމްޕާ"ގައި ހިމެނެނީ އެ ކުންފުނިން ވިއްކާ އަދި އާންމުންގެ މެދުގައި މަގުބޫލު ބްރޭންޑެޑް އުފެއްދުންތަކެވެ.

އެގޮތުން އަލަށް އުފަންވާ ކުދިންނަށް ދޭ ހަދިޔާގެ ތެރޭގައި ހަގީސް ނެޕީ އާއި ހަގީސްގެ ވޮންޑާ ޕޭންޓްސް ހިމެނެ އެވެ.

އެސްޓީއޯ އިން ބުނީ ހަގީސް ނެޕީ އާއި ހަގީސްގެ ވޮންޑާ ޕޭންޓްސް އަކީ ދިވެހިންގެ ތެރޭގައި މަޝްހޫރު އަދ ކުޑަކުދިންގެ ހަންގަނޑަށް އަރާމް ލިއްބައިދޭ މޮޅު އުފެއްދުންތަކެއް ކަމަށެވެ.