ދުނިޔެ

ރާޖަޕަކްސަ ބަލި ގަބޫލުކުރައްވައިފި

Aug 18, 2015

ސްރީ ލަންކާގެ އާންމު އިންތިހާބުގައި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ނިސްބަތްވެވަޑައިގަންނަވާ ޕާޓީ ބަލިވެ، ރާޖްޕަކްސަ ގަބޫލުކުރައްވައިފި އެވެ. އެހެން ނަމަވެސް ރަސްމީކޮށް އަދި އިންތިހާބުގެ ނަތީޖާ އިއުލާނެއް ނުކުރެ އެވެ.

ނުރަސްމީ ނަތީޖާއަށްފަހު ރާޖަޕަކްސަ ވިދާޅުވީ ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލައަންސް (ޔޫޕީއެފްއޭ) އަށް 22 ޑިސްޓްރިކްޓްގެ ތެރެއިން ކާމިޔާބުކުރެވުނީ 8 ޑިސްޓްރިކްޓް ކަމަށާއި ބޮޑު ވަޒީރު ކަމަށް ވަޑައިގަތުމުގެ އުންމީދު ގެއްލިޖެ ކަމަށެވެ. އަދި ވިދާޅުވީ ދެން އޭނާ މަސައްކަތްކުރައްވާނީ އިދިކޮޅު މެމްބަރެއްގެ ގޮތު ކަމަށެވެ.

މި ނަތީޖާ މިގޮތަށް އައިރު ވެސް އިންތިހާބުގެ ކުރިން މިހާރުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވިދާޅުވެފައި ވަނީ އިންތިހާބު ޕާޓީއަށް ކާމިޔާބު ވި ނަމަވެސް ރާޖްޕަކްސައަށް ބޮޑު ވަޒީރުކަމަށް ވަޑައިގަތުމަށޤ ފުރުސަތު ނުދެއްވާނެ ކަމަށެވެ.

ޔޫޕީއެފްއޭ ބަލިވި އިރު މިހާރުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހާ ނިސްބަތްވެ ވަޑައިގަންނަވާ ޔުނައިޓެޑް ނެޝަނަލް ޕާޓީ އިން ވަނީ 11 ޑިސްޓްރިކްޓް ކާމިޔާބުކޮށްފަ އެވެ.