ވިޔަފާރި

ތިންވަނަ ކްއާޓަރުގައި މިފްކޯގެ އެކްސްޕޯޓް 21 ޕަސެންޓް މައްޗަށް

މި އަހަރުގެ ތިން ވަނަ ކްއާޓަރުގައި މިފްކޯއިން އެކްސްޕޯޓު ކުރި މަހުގެ އަދަދު 21 ޕަސެންޓް އިތުރުވެފައިވާ ކަމަށް މެނޭޖިން ޑިރެކްޓަރު އިސްލާއިލް ފައުޒީ ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ މަސް ކުންފުންޏަށް 26 އަހަރު ފުރުން ފާހަގަ ކުރަން ފަރުކޮޅު ފުށީގައި ރޭ ބޭއްވި ހާއްސަ ހަފުލާގައި އެމްޑީ އިސްމާއިލް ވިދާޅުވީ މިދިޔަ އަހަރުގެ ތިންވަނަ ކްއާޓަރުގައި އެކްސްޕޯޓުކުރި މަހުގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 21 ޕަސެންޓް އިތުރުވެ، އެ ކުންފުނިން ގަތް މަހުގެ އަދަދު ވެސް 70 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ މި ކާމިޔާބުތަކާއެކު، އެ ކުންފުނި ތަރައްގީކޮށް ވިޔަފާރި ވަރުގަދަ ކުރަން ގިނަ މަސައްކަތްތަކެއް ވެސް ކުރައްވަމުންދާ ކަމަށެވެ.

"އުތުރުގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށް މިފްކޯގެ ޖުމްލަ ކެޕޭސިޓީ މަތިކުރުމަށް މިދަނީ މަސައްކަތް ކުރަމުން. މަސް ޕްރޮސެސް ކުރާ ސެންޓަރުތަކުގެ ވަސީލަތްތައް ތަރައްގީ ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން،" އިސްމާއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އައްޑޫ ފިޝަރީޒް ކޮމްޕެކްސް ފުރިހަމަ ކުރުމާއި ފެލިވަރު ފެކްޓްރީގެ ވަސީލަތްތައް ގާއިމް ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.

"ހުޅު މީދޫގެ އައްޑޫ ފިޝަރީޒް ކޮމްޕެކްސް އަށް މަސް ކިރުވަން އަންނަ ދޯނި ފަހަރަށާއި ކަލެކްޓާ ވެސަލްތަކަށް ފަސޭހައިން ކައިރި ކުރެވޭނެ އިންތިޒާމު ހަމަޖެހުމާއެކު، މިފްކޯގެ މަދަ ވެސަލްތަކާއި ބޭރުން އަންނަ ކެރިއަރުތަކަށް ކައިރި ކުރެވޭ ވަރަށް އެލޯންގްސައިޑް ޕާތެއްގެ މަސައްކަތް ފަށައި އެ މަސައްކަތް ނިންމަން 2020 ގެ ފަރުކޮޅަށް ފަހި ވެގެންދާނެ. މި މަސައްކަތް ތަކަށް ކުރާ ހަރަދު ތަކަކީ ވަކި ޓައިމްލައިނެއްގެ ތެރެއިން ޒިންމާދާރުކަމާއެކު ކުރެވޭ ކަމެއްކަން ފާހަގަ ކޮށްލަން،" އިސްމާއިލް ވިދާޅުވި އެވެ.