ވިޔަފާރި

އިތުރު 19 ކުންފުންޏެއް އުވާލަނީ

Nov 17, 2019

އަހަރީ ފީ ނުދައްކައިގެން އިތުރު 19 ކުންފުންޏެއް އުވާލަން ނިންމައި، އިކޮނޮމިކް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި އާއްމުކޮށްފައިވާ ލިސްޓުގައި ހިމެނެނީ 2017 އާއި 2018 ވަނަ އަހަރު ރަޖިސްޓްރީ ކޮށްފައިވާ ކުންފުނި ތަކެވެ. މި ކުންފުނިތަކުގެ ތެރޭގައި ކޮންސްޓްރަކްޝަން ސިނާއަތާއި ޓޫރިޒަމް އިންޑަސްޓްރީ އަދި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިިވާ ކުންފުނިތައް ވެސް ހިމެނެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ކުންފުނި އުވާލަން ރަޖިސްޓްރާ އޮފް ކޮމްޕެނީޒް އާއްމުކޮށްފައިވާ ލިސްޓުގައި ހިމެނޭ ކުންފުންޏެއް ހިންގަން ބޭނުން ވެއްޖެނަމަ އަންނަ މަހުގެ ތިންވަނަ ދުވަހުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ އިލްތިމާސްތައް ފުރިހަމަ ކުރުމަށްފަހު އެ މިނިސްޓްރީއަށް ލިއުމަކުން އެންގުމަށް އެެދޭ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން މީގެ ކުރިން ފަސް ބުރެއްގެ މަތިން ގިނަ އަދަދެއްގެ ކުންފުނި އުވާލަން އިއުލާނުކޮށްފައިވެ އެވެ. މީގެތެރޭގައި ގިނައީ ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ނުހިންގާތާ ގިނަ ދުވަސްވީ ކުންފުނި ތަކެވެ.