ފަންނު އެކްސްޕޯ

ފަންނު އެކްސްޕޯގެ އެއްވަނަ މާލެ އަތޮޅަށް!

ފަންނު އެކްސްޕޯގެ މުޅި ރާއްޖޭން ހުށަހެޅި ހުރިހާ އުފެއްދުންތަކެއް ބަލިކޮށް، ގިނަ އެވޯޑުތަކާއެކު ކ. އަތޮޅު އެއްވަނަ ހޯދައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން، ދަރުބާރުގެ ސަރަހައްދުގައި ކުރިއަށްދާ ދިވެހި އުފެއްދުންތެރިކަމުގެ ގައުމީ މަރުރަޒުގެ ވާދަ ކުރުމުގެ ކެޓަގެރީގެ އަތޮޅުތަކުގެ ބައިއިން އެއްވަނަ ކ. އަތޮޅަށް ލިބިފައިވަނީ މި މައުރަޒުގެ އެންމެ މުހިންމު އެއް ބައި ކަމަށްވާ އަތްތެރި މަސައްކަތްތެރިކަމުގެ ގިންތި ތަކުން އެއްވަނަ ހޯދައިގެންނެވެ. މިއާއެކު މުޅި މައުރަޒުން އެއްވަނަ އަތޮޅެއްގެ ގޮތުގައި ވަނީ މާލެ އަތޮޅު ހޮވިފަ އެވެ.

ކ. އަތޮޅަށް ގިނަ ގިންތިތަކުންވެސް އެއްވަނަ ލިބިފައިވެ އެވެ. ދަނޑުވެރިކަމުގެ ގިންތިތަކާއި މަސްވެރިކަމުގެ ގިންތިއާއި އުފެއްދުންތެރި ކުރެހުމާއި ފަރުމާކުމާއި އިމާރާތް ކުރުމުގެ ގިންތި އަދި ޖުވެލަރީސްގެ ބަޔާއި އައިޓީގެ ބައިގެ އިތުރުން މެޝިނަރީ އެންޑް އިކްއިޕްމަންޓް ބައިން އެއްވަނަ ވެސް ހޯދާފައިވަނީ މާލެ އަތޮޅެވެ.

މާލެ އަތޮޅަށް ލިބުނު އެހެން ވަނަތަކުގެ ތެރޭގައި ފެޝަން ޑިޒައިން ބަޔާއި ބަހުގެ އުފެއްދުންތެރިކަމުގެ ގިންތިތަކުން އެއްވަނަ ހޯދުން ވެސް ހިމެނެ އެވެ.

އެއްވަނަ ހޯދި ފަރާތްތައް:

  • ލިޔެލާޖެހި ތަކެތިން އެއްވަނަ: ބ. ތުޅާދޫ، ރިޔާޒް، އަބްދުލް އަޒީމް އަބްދުލް ރަހީމް
  • ކަނޑާ ނެގުމުން އެއްވަނަ: އަހުމަދު ފައިޒަލް، ވައިޓް ރޯސް، ކ. މާލެ
  • ކަސަބުން އުފައްދާ ތަކެތި، އަދި ކުނަލުގެ އުފެއްދުންތަކުން އެއްވަނަ: ކ. މާލެ، ފެހިގެ، ހިދާނާ ލަތީފް
  • އަތްތެރި މަސައްކަތް އެހެނިގެން ބައިތައް/ ދަގަނޑާއި އެހެނިހެން މައުދަނުގެ ބައިން އެއްވަނަ: މ. ބުއްރޫގެ، އަލީ ރަފޫފް
  • ދަގަނޑާއި އެހެނިހެން މައުދަންގެ ބައިން އެއްވަނަ: ހދ. ކުޅުދުއްފުށި، އަންދާޒު، މުހައްމަދު އަލީ
  • ތެދުވި ވަޑާން، ލަކުޑީގެ މަސައްކަތްތެރިކަމުގެ ބައިން އެއްވަނަ: ކ.ރިހިވެލި، އަބްދުލް މުހައިމިން
  • ލަކުޑީގެ އުފެއްދުންތަކުން އެހެނިހެން ބައިން އެއްވަނަ: މ.ރުން، މުހައްމަދު ޝަފީއު
  • ދަނޑުވެރިކަމުގެ ގިންތިތަކުން އެއްވަނަ އަތޮޅު: ކ. އަތޮޅު
  • މަސްވެރިކަމުގެ ގިންތިތަކުން އެއްވަނަ އަތޮޅު: ކ. އަތޮޅު
  • ދަތުރުފަތުރުގެ ގިންތިތަކުން އެއްވަނަ އަތޮޅު: ބ. އަތޮޅު
  • އުފެއްދުންތެރި ކުރެހުމާއި ފަރުމާކުރުން އެއްވަނަ އަތޮޅު: ކ. އަތޮޅު
  • އިމާރާތް ކުރުމުގެ ގިންތިން އެއްވަނަ އަތޮޅު: ކ. އަތޮޅު
  • ޖުވެލަރީސްގެ ގިންތިން އެއްވަނަ: ކ. އަތޮޅު
  • އައިޓީ ދާއިއިން އެއްވަނަ އަތޮޅު: ކ. އަތޮޅު
  • މެޝިނަރީ އެންޑް އިކްއިޕްމަންޓް ބައިން އެއްވަނަ އަތޮޅު: ކ. އަތޮޅު
  • ފެޝަން ޑިޒައިން ބައިގެ އެއްވަނަ އަތޮޅު: ކ. އަތޮޅު
  • ބަހުގެ އުފެއްދުންތެރިކަމުގެ އެއްވަނަ އަތޮޅު: ކ. އަތޮޅު
  • ކާބޯ ތަކެތީގެ ގިންތިތަކުން އެއްވަނަ އަތޮޅު: ދ. އަތޮޅު
  • ލަކުޑީގެ ގިންތިތަކުން އެއްވަނަ އަތޮޅު: ހއ. އަތޮޅު

ދާއިރާތަކުގެ ބައިން އެއްވަނަ

  • އަމިއްލަ ފަންނުގެ ދާއިރާއިން އެއްވަނަ: ބ. ތުޅާދޫ، ރިޔާޒް، އަބްދުލް އަޒީމް އަބްދުލް ރަހީމް
  • ތައުލީމުދޭ މަރުކަޒުގެ ދާއިރާ އިން އެއްވަނަ: އިހަވަންދޫ ސްކޫލް
  • ރަށު ފެންވަރުގެ ދާއިރާއިން އެއްވަނަ: ގއ. ގައްދޫ، ޖަބުރޯދު ގަސްދޮޅުގެ، އައިޝަތު ހަފުޒާ
  • ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ދާއިރާއިން އެއްވަނަ: މއ. ސެނަކަ، މަރިޔަމް ނޫރާ ރަޝާދު
  • ވިޔަފާރިތަކުގެ ދާއިރާ އިން އެއްވަނަ: ކަނޑޫ، ސިނަމާލެ 712، އައިޝަތު ހުޝާމާ

ފަންނު އެކްސްޕޯގައި ހަ ދާއިރާއަކުން 14 ގިންތިއަކުން 350 މީހުން 30،000 ދިވެހި އުފެއްދުން ބައިވެރިކޮށްފައިވެ އެވެ. ފަންނު އެކްސްޕޯގެ އުފެއްދުންތައް ދައްކާލުން ކުރިއަށްދާނީ މާދަމާގެ ހަވީރު 16:00 އިން 23:00 އަށެވެ. އަދި އެހެން ދުވަސް ދުވަހުގެ 14:00 އިން 23:00 އަށެވެ.