އެކްސްޕޯ މޯލްޑިވްސް 2015

ފަންނު އެކްސްޕޯއަށް ދަރުބާރުގެ ތައްޔާރު ކޮށްދޭނެ ބަޔަކު ހޯދަނީ

އުފެއްދުންތެރިކަމުގެ މައުރަޒް "ފަންނު އެކްސްޕޯ 2019" އަށް ދަރުބާރުގެ ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން އެ މައުރަޒުގެ އިވެންޓް މެނޭޖާ، ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އިން އިއުލާން ކޮށްފި އެވެ.

މި އަހަރުގެ ފަންނު އެކްސްޕޯ އޮންނާނީ މި މަހުގެ 22 އިން 28 އަސް ދަރުބާރުގޭގަ އާއި ކަލާފާނު ސްކޫލްގަ އެވެ.

ބީސީސީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ފަންނު އެކްސްޕޯއަށް ދަރުބާރުގޭގެ ކޮންސެޕްޓާ އެއްގޮތަށް ތައްޔާރު ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ. އެ މަސައްކަތާބެހޭ މައުލޫމާތު ދިނުން މި މަހުގެ ހަތަރު ވަނަ ދުވަހު އޮންނާނެ ކަމަށެވެ.

އަދި ބުނި ބީލަން ހުޅުވުން މިމަހުގެ ހަވަނަ ދުވަހު ބާއްވާއިރު މައުލޫމާތު ދެ ސެޝަންގައި ބައިވެރި ނުވާ ފަރާތްތަކަށް އެ ބީލަމުގައި ބައިވެރި ނުވެވޭނެ ކަމަށެވެ.

އުފެއްދުންތެރި ކަމުގެ މައުރަަޒަކީ ދިވެހި އުފެއްދުންތައް އިތުރުކޮށް، އުފެއްދުންތަކަށް މާކެޓެއް ހޯދައިދީ، ފަތުރުވެރިންނަށާއި އާއްމުންނަށް އެއްތަނަކުން ދިވެހި އުފެއްދުންތައް ފެނިގެންދާނެ މާހައުލެއް ގާއިމްކޮށްދޭން ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު އެއް މައުރަޒެވެ.

އިކޮނޮމިކް މިނިސްޓްރީން ބާއްވާ މި މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ބަންދު ކޮށްފައިވާއިރު މި އެކްސްޕޯގައި މާލެއިން 100 އަށްވުރެ ގިނަ ފަރާތްތަކުން ވަނީ ބައިވެރިވެފަ އެވެ.

މި އެކްސްޕޯގައި ތަފާތު 78 ކެޓަގަރީއަކުން 600 އަށްވުރެ ގިނަ ވަނަ ހޮވާނެ އެވެ. ހޮވާލެވޭ ފަސް އުފެއްދުމަކަށް ހާއްސަ އެއް މިލިއަން ރުފިޔާގެ ލުއި ލޯނެއް ދޭނެ އެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހަދާ ދިވެހި އުފެއްދުންތައް ވިއްކާ ފިހާރާގައި މި އުފެއްދުންތައް ޑިސްޕްލޭ ކުރާނެ އެވެ. އަދި ދުބާއީގައި އޮންނަ ހަ މަސް ދުވަހަށް ދެމިގެންދާ "އެކްސްޕޯ 2020" ގައި އެ އުފެއްދުންތައް ބައިވެރި ކުރަން ފުރުސަތު ދޭނެ އެވެ.