އެމެރިކާގެ ފުރަތަމަ އަންހެން ރައީސާއަށް ވުމަށް ހިލަރީ ކްލިންޓަންއަށް އަންނަ ރިއާސީ އިންތިހާބުގައި ވޯޓު ނުލުމަށް އެމެރިކާގެ އަންހެނަކު އޭނާގެ މަރުއެނދުގައި އޮވެ ވަސިއްޔަތް ކޮށްފިއެވެ.
އެލެއިންއަކީ ހިލަރީ ނިސްބަތްވާ އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ މެންބަރެއް ނަމަވެސް "ސިޔާސީ މީހެއް ނޫން" ކަމަށް ޖޯ ބުންޏެވެ.
އާއިލާ އާއި ރަހްމަތްތެރިންނަށް މިފަދަ ވަސިއްޔަތެއް އެލެއިން ކުރީ 2012 ވަނަ އަހަރު ބެންގާޒީގައި ހިނގާ ދިޔަ ހަމަލާގެ މައްސަލާގައި އެމެރިކާގެ އެއިރުގެ ހާރިޖީ ވަޒީރުގެ ގޮތުން ހިލަރީ އަމަލު ކުރެއްވި ގޮތްތަކާމެދު ހިތްހަމަ ނުޖެހިގެން ކަމަށް ޖޯ ބުންޏެވެ.
ޑިމޮކްރެޓިކް ޕާޓީ އާއި އަދިކޮޅު ރިޕަބްލިކަން ޕާޓީން ގުޅިގެން ކުރި ތަހުގީގަކަށް ފަހު ނެރުނު ރިޕޯޓްގައި އެމެރިކާގެ ހާރިޖިއްޔާ އާއި އަަސްކަރިއްޔާ އަދި ޖާސޫސީ ފަރާތްތަކުގެ ބޮލުގައި ޒިންމާ އަޅުވާފައިވާއިރު އެ ރިޕޯޓްގައި ހިލަރީއަށް ފާޑުކިޔާފައެއް ނުވެއެވެ.
ބެންގާޒީ ހަމަލައިގެ މައްސަލާގައި ހިލަރީ އަމަލު ކުރެއްވީ ވަރަށް "ސަކަރާތްކޮށް" ކަމަށް އެލެއިން ބުނި ކަމަށް ޖޯ ހާމަކުރިއެވެ.
"އަހަރެންގެ މަހާނަ މަތީގައި މާ ބެހެއްޓުމުގެ ބަދަލުގައި ހިލަރީ ކްލިންޓަނަށް ވޯޓު ނުދިނުމަށް ވަސިއްޔަތް ކުރާ" ކަމަށް އެލެއިން ބުނި ކަމަށް ޖޯ ހާމަކޮށްފައިވެއެވެ.
އެލެއިންއަކީ ނިއު ޖާސީގެ ބައެއް މީޑިއާ އުފެއްދުމުގައި ހަރަކާތްތެރިވި ބަތަލާއެކެވެ. ޖޯކު ކިޔާ ހީސަމާސަ ކުރުމަށް އެލެއިން ވަރަށް ޝައުގުވެރިކަން ހުރި ކަމަށް ވެސް ޖޯ ބުންޏެވެ.