މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

ބްރޮޑްކޮމްގެ ރައީސަކަށް މަރީ، ނާއިބަކަށް ގައިސް

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ރައީސަކަށް ޓީވީ ޕްރެޒެންޓަރު މަރިޔަމް ވަހީދާ އަދި ނާއިބް ރައީސަކަށް އަހުމަދު ގައިސް ހަމަޖައްސަވައިފި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަން މި ގޮތަށް ނިންމީ މިހާރު ކުރިއަށްދާ އެ ކޮމިޝަންގެ ބައްދަލްވުމުގައެވެ.

ކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް މަރީގެ އިތުރުން އަލީ ޔޫސުފްވެސް ވަނީ ކުރިމަތިލެއްވިއެވެ. އަދި ނާއިބް ރައީސްގެ މަގާމަށް ގައިސްއާވެސް އަލީ ޔޫސުފް ވާދަކުރެއްވިއެވެ.

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު ކަމަށް މަރިޔަމް ވަހީދާ އާއި އަލީ ޔޫސުފް އަދި އަހުމަދު ގައިސް އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

އެ ތިން މެންބަރުން ކޮމިޝަނަށް އައްޔަން ކުރެއްވުމުގެ ކުރިން ބްރޯޑްކޮމް އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގައެވެ. އެއީ ކޮމިޝަންގައި ތިއްބެވީ އެންމެ ތިން މެންބަރުންނަށްވުމުންނެވެ.

މަރީ، އަލީ ޔޫސުފް އަދި ގައިސްގެ އިތުރުން ދެން ތިއްބެވީ ޒީނާ ޒާހިރު، އައިމިނަތު ސަރާހަތު އިއްޒަތު އަދި އަމްޖަދު ވަހީދެވެ.