ވިޔަފާރި

ޖެލީގެ މީރު ޕިއްޒާ ކައިގެން ބައިލައްކަ ރުފިޔާ!

Dec 12, 2019
3

ޕިއްޒާ ފިހުމުގައި ދިވެހިންގެ ގިނަ ބަޔަކު އެންމެ ދަންނަ އެއް ބްރޭންޑަކަށް "ޖެލީ" ވާނެ އެވެ. އެހެންވެ ޖެލީގެ މީރު ރަހަ ނުލިބޭ އާއިލާއެއް މާލޭގައި ނޫޅޭނެއޭ ވެސް ބުނެވިދާނެ އެވެ. އެކަމަކު މިފަހަރު ޖެލީ ޕިއްޒާގެ ރަހައިގެ ވާހަކައެއް ނޫންނެވެ. ޖެލީ ޕިއްޒާއިން ކުރިއަށް ގެންދާ ޕްރޮމޯޝަނެއްގެ ވާހަކަ އެވެ.

"ޖެލީ ޕިއްޒާ" އިން މިވަނީ ޕިއްޒާ ޓޭކްއަވޭ ނުވަތަ ގެއަށާއި އޮފީހަށް ގެންގޮސް ގެން އިނާމު ހޯދުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. ޖެލީއިން ކޮންމެ އަހަރެއްގެ ވެސް ބޮޑު ބަންދާ ދިމާކޮށް ކުރިއަށް ގެންދާ މި ޕްރޮމޯޝަން އަންނަ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

މި ޕްރޮމޯޝަންގައި އިނާމު ލިބޭނީ ކިހިނެއް؟

މި ޕްރޮމޯޝަން ފަށާފައި މިވަނީ ސްކޫލް ބަންދާ ދިމާކޮށެވެ. އެހެންވެ މިއީ ޖެލީ ޕިއްޒާ ގެއަށް ގޮސްގެން އާއިލާއެއްކޮށް ޕިއްޒާ ކާލަން ރަނގަޅު ފުރުސަތެކެވެ. މި ޕިއްޒާ ގަތުމުން ލިބޭ ރިސިޓްކޮޅު ހެންވޭރުގައި ހުންނަ ފޮއްޓަށް ވައްޓާލުމުން އިނާމުގެ ގުރުއަތުގައި ބައިވެރިވެވޭނެ އެވެ.

ޖެލީގެ މާކެޓިން މެނޭޖަރު އައިމިނަތު ތާނިޝް އާދިލް ވިދާޅުވީ މި އެ ޕްރޮމޯޝަނުގައި ސަބްމެރިން އަކާއެކު ޕިއްޒާ ވެސް ނެގިދާނެ ކަމަށެވެ.

"ޕިއްޒާއާއެކު ކޮންމެ އެއްޗެއް ނެގިއަސް އެންމެ ރަނގަޅުވާނެ. އޭރުން ޕްރޮމޯޝަންގައި ބައިވެރިވެވޭނެ،" ތާނިޝް ވިދާޅުވި އެވެ.

މި ޕްރޮމޯޝަންގެ ގުރުއަތު ނެގުން އޮންނާނީ އަންނަ މަހުގެ 17 ވަނަ ދުވަހު އެވެ.

ޖެލީއިން މާލޭގައި ޕިއްޒާ ވިއްކަން ހަތަރު ތަނެއް ހިންގަ އެވެ. އަދި އެ ކުންފުނިން ދަނީ ހުޅުމާލޭގައިވެސް ޕިއްޒާ އައުޓްލެޓެއް ހުޅުވަން މަސައްކަތް ކުރަމުންނެވެ.