ހަށިގަނޑު ރީތިކޮށް، ބަހައްޓަން ކޮންމެ މީހަކު ވެސް ބޭނުންވެ އެވެ. އެކަމަށް ކުރަން ޖެހޭ ކަމަކީ ގަވާއިދުން ކަސްރަތު ކުރުމެވެ. މިގޮތުން މިހާރުގެ އެއް ޓްރެންޑަކީ ޖިމަށް ދިއުމެވެ. މާލޭގައި ޖިމްތައް ބައިވަރު ހުރިނަމަވެސް އެންމެ ރަނގަޅު ތަނެއް ހިޔާރުކުރަން ދަތިވެ އެވެ. އެއް ސަބަބަކީ ޖީބަށް ބުރަ ބޮޑުވުމެވެ. އަގު ބޮޑުވުމެވެ. ނަމަވެސް 2016 ވަނަ އަހަރު ހުޅުވާފައިވާ މެޓްރޯފްލެކްސް ޖިމުން މިވަނީ އަލަށް ޖިމަށް ދާން ބޭނުންވާ މީހުންނަށް ހާއްސަ އަގު ތަކެއް ހަމަޖައްސައިދީފަ އެވެ. އެގޮތުން އަހަރު ނިންމަން އެ ޖިމުން ފަށާފައިވާ "އިޔާ އެންޑް ޕްރޮމޯޝަން" ގައި 6،000ރ. ދައްކާލައިގެން ޖިމަށް ދެވޭނެ އެވެ.
ބޮޑީ ބިލްޑަރުންގެ މެދުގައި މަގުބޫލު މެޓްރޯފްލެކްސް ޖިމުން ފަށާފައިވާ މި ޕްރޮމޯޝަންގައި 6،000ރ. ގެ މި ޕެކޭޖު ނެގުމުން މިހާރު މާލޭގެ ޖިމަކުން ލިބޭ އެންމެ ހެޔޮ އަގު ލިބޭނެ އެވެ. އާއްމުކޮށް މި ޖިމްގެ މެންބަރެއްގެ އަތުން މެންބަރަށްވާން ފީގެ ގޮތުގައި 150ރ. ނަގަ އެވެ. އަދި އެ އަށް ފަހު މަހަކު ގާތްގަނޑަކަށް 1000ރ. ވުރެ މަދު ނޫން އަދަދެއް ދައްކަން ޖެހެ އެވެ. ނަމަވެސް މެޓްރޯ ޕްރޮމޯޝަންގައި 6،000ރ. ގެ މި ޕެކޭޖު ނެގުމުން މަހެއްގެ މައްޗަށް ޖެހެނީ ޖީއެސްޓީއާ ނުލައި 500ރ. އެވެ. މިއީ މިހާރު މާލޭގައި ޖިމްގެ އަގުތައް ހުރި ވަރަށް ބަލާއިރު ބޮޑުތަން ހެޔޮވުމެކެވެ.
މެޓްރޯފްލެޓް 2016 ވަނަ އަހަރު ހުޅުވިއިރު މި ޖިމް މަޝްހޫރުވެފައި އޮތީ، ރާއްޖެ އަށް މުޅިންއާ ޖިމް އިކްއިޕްމަންޓް ތައާރަފު ކުރި ޖިމެއްގެ ގޮތުގަ އެވެ. މި ޖިމްގައި ބޭނުން ކުރަނީ މަޝްހޫރު އިމްޕްލަސް ފިޓްނަސް އިކްއިޕްމަންޓް ތަކެވެ.
މެޓްރޯފްލެކްސް ޖިމްގެ މެނޭޖިން ޑިރެކްޓަރު ސޮބާހު ވިދާޅުވި ގޮތުގައި އެ ޖިމުގައި ބޭނުންކުރަނީ އެންމެ ފަހުގެ ސާމާނު ކަމަށާ، އަދި ޖެނުއަރީ މަހު އިކްއިޕްމަންޓުގެ މޭޖާ އަޕްގްރޭޑެއް އަންނާނެ ކަމަށެވެ.
"ޒުވާނުންގެ މެދުގައި ޖިމް ވަރަށް މަގުބޫލު. ބޮޑު އަޕްގްރޭޑެއް އަންނަ އަހަރު ޖެނުއަރީ މަހު އަންނާނެ،" އިމްޕްލަސް ފިޓްނަސް އިކްއިޕްމަންޓް ރާއްޖޭގެ ޑިސްރިބިއުޓަރު ކަން ކުރާ މެޓްރޯފްލެކްސްގެ އެމްޑީ ވިދާޅުވި އެވެ.
މެޓްރޯފްލެކްސް ޖިމް ހިންގަނީ، މ. އައިލެކްސްގެ ފުރަތަމަ ފަންގިފިލާގަ އެވެ.