އައިޖީއެމްއެޗްގެ ސީލިންގުން ބައެއް ވެއްޓި ކުއްޖަކަށް އަނިޔާވެއްޖެ އެވެ.
މަންޒަރު ދުށް ބައެއް މީހުން ބުނީ ހޮސްޕިޓަލްގެ ސީލިންގުން ބައެއް ވެއްޓިފައިވަނީ ފެނުގެ ސަބަބުން ވަރަށް ބޮޑަށް ފޯވެގެން ކަމަށެވެ. އަދި ސީލިންގުން ވެއްޓުނު ބައިން ޖެހި ކުޑަ އަންހެން ކުއްޖަކަށް އަނިޔާވެފައިވާ ކަމަށެވެ.
އައިޖީއެމް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހާދިސާގައި އަނިޔާވި އަންހެން ކުއްޖާއަށް ބޮޑު އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ. އަދި އެކަން ހިނގާދިޔަ ގޮތް ބަލަމުން ގެންދާ ކަމަށެވެ.