ކުޅިވަރު

އޭވީސީ ލައިސެންސަށް ރާއްޖޭގެ އިތުރު ދެ ރެފްރީން

އޭޝިއަން ވޮލީބޯޅަ ކޮންފެޑްރޭޝަންގެ ރެފްރީ ލައިސެންސް ހާސިލު ކުރުމަށް ބާއްވާ ޕްރޮގްރާމްގައި ރާއްޖޭގެ ދެ ރެފްރީން ބައިވެރި ވެއްޖެ އެވެ.

ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ކުރިއަށްދާ ތަމްރީން ޕްރޮގްރާމް އިންޓަނޭޝަނަލް ރެފްރީ ކެނޑިޑޭޓް ކޯހުގައި ރާއްޖެއިން ބައިވެރި ވެފައި ވަނީ މުހައްމަދު އަނީސް އާއި އަބްދުﷲ ޒުހުރީ އެވެ.

މިދިޔަ އާދިއްތަ ދުވަހު ފެށީ ކޯސް ކުރިއަށް ދަނީ އަންނަ ހޮނިހިރު ދުވަހާ ހަމައަށެވެ. މި ކޯސް ފުރިހަމަ ކުރުމުން އޭވީސީގެ މުބާރާތްތަކުގައި ރެފްރީކަން ކުރުމުގެ ފުރުސަތު އަނީސް އާއި ޒުހުރީއަށް ލިބިގެން ދާނެ އެވެ.

އޭވީސީ މުބާރާތްތަކުގައި ރެފްރީކަން ކުރުމުގެ ފުރުސަތު މިހާރު އޮންނަނީ ރާއްޖޭގެ ހަތް ރެފްރީންނަށެވެ. އިންޑޯ މުބާރާތްތަކުގެ އިންޓަނޭޝަނަލް ރެފްރީން ކަމަށްވާ އަހްމަދު ސަލީމް (ކުނޑި) އާއި އަހްމަދު ނަޝީދު (ތުއްތު)، ޝިމާދު އަދި ހުސައިން ހަމީދުވެސް ވެސް ހިމެނެ އެވެ.

ބީޗްވޮލީގެ އިންޓަނޭޝަނަލް ރެފްރީންގެ ގޮތުގައި ހިމެނެނީ، ވީއޭއެމްގެ ކުރީގެ ޖެނަރަލް ސެކެޓްރީ ހުސައިން މުހައްމަދެވެ. މިފަހަރުގެ އައިއޯއައިޖީ އާއި އެސްއޭ ގޭމްސްގެ ބީޗްވޮލީ ގައިވެސް ރެފްރީކަން ކުރި އިސްމާއީލް އަބްދުﷲ (އިންމަ) އަކީވެސް އޭވީސީ ރެފްރީ އެކެވެ.