ހަބަރު

ދެ ރަށެއްގެ ބިން ހިއްކުމުގެ މަޝްރޫއު ޑިޒައިން ކުރަން ހަވާލުކޮށްފި

ރ. އަލިފުށްޓާއި އެއަތޮޅު ދުވާފަރުގެ ބިން ހިއްކުމުގެ މަޝްރޫއު ޑިޒައިންކޮށް އީއައޭގެ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީ އިން ބުނީ މި މަސައްކަތް ހަވާލު ކޮށްފައިވަނީ ޖުމްލަ 51 ދުވަސްތެރޭގައި ނިންމުމަށް ލޭންޑް އެންޑް މެރިން އެންވަޔަރަމަންޓަލް ގްރޫޕް ޕްރައިވެޓް ލިމިޓެޑް އިން އެސޯސިއޭޝަން ވިތް ރިޔަން ޕްރައިވެޓް ލިމިޓެޑާ އެވެ.

މި މަސައްކަތަށް ޖުމްލަ 272،208 ރުފިޔާ ހަރަދު ވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ.

މި މަސައްކަތް ހަވާލުކޮށް އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރު ފާތިމަތު ޝާނާ ފާރޫގު އެވެ. އަދި ލޭންޑް އެންޑް މެރިން އެންވަޔަރަމަންޓަލް ގުރޫޕްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޑިރެކްޓަރު ހުސައިން ސިމާދެވެ.