ހަބަރު

ޝާޕް ބްރޭންޑްގެ އާ ޕްރޮޑަކްޓްތަކެއް ރެޑްވޭވް އިން ރާއްޖޭގެ ބާޒާރަށް

ދިވެހިން އެތައް އަހަރެން ވަންދެއް އެ ބްރޭންޑެއްގެ ކޮލިޓީ ދެކި ތަޖުރިބާކޮށްފައިވާ، ޝާޕް ބްރޭންޑް މުޅިންއާ މޮޑެލްތަކެއް ރެޑްވޭވުން ރާއްޖޭގެ ބާޒާރަށް ތައާރަފް ކޮށްފި އެވެ.

ރެޑްވޭވް އިން ބުނީ އަލަށް ތައާރަފް ކުރީ، ޝާޕް ބްރޭންޑުގެ އޭސީ، އައިސްއަލަމާރި އަދި ދޮންނަ މެޝިން ކަމަށެވެ. ޝާޕް ބްރޭންޑަކީ ޖަޕާންކޮލިޓީގެ "ސެވަން ޝީލްޑް" ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ ދުނިޔޭގައި ނަންހިނގާ ބްރޭންޑެކެވެ.

ރާއްޖޭގެ ބާޒާރަށް އަލަށް ތައާރަފްކުރި މި ޕްރޮޑަކްޓްސް ތަކާ ގުޅޭ ގޮތުން ރެޑް ވޭވް އިން ބުނީ، ޝާޕް ބްރޭންޑްގެ އައިސް އަލަމާރި އަދި އޭސީ އަކީ ދުނިޔެއަށް ނަން މަޝްހޫރު ޖަޕާން ޓެކްނޮލޮޖީ "ޖޭ-ޓެކް" އިންވާޓާ ހިމެނޭ އައިސް އަލަމާރި އެއް ކަމަށެވެ. ޖޭ-ޓެކް އިންވާޓާ އިން 77 ޕަސަންޓާއި ހަމައަށް އެނާޖީ ސޭވްކޮށްދޭ ކަމަށާއި އާދައިގެ އިންވާޓާ އިން އެވަރެޖްގޮތެއް ގައި ހަރަދު ކުޑަވެގެންދަނީ 50 ޕަސަންޓާއި ހަމައަށް ކަމަށް ރެޑްވޭވް އިން ބުނެ އެވެ. އަދި މީގެ އިތުރުން ހަރަދު ކުޑަކޮށްދިނުމާއި އެކު، އެންމެ އެކަޝޭނަ ފިނިހޫނުމިން ޖޭ-ޓެކް އިންވާޓާ އިން ހިފަހައްޓައިދެ އެވެ.

ރެޑްވޭވް އިން ބުނީ ޝާޕް އައިސް އަލަމާރީ ތައާރަފް ކޮށްފައިވަނީ ކަސްޓަމަރުން އެންމެ ކަމުދާ ކުދި ސައިޒެއްގައި ކަމަށެވެ. ޝާޕް ގެ ތައާރަފްކުރެވިގެންދިޔަ ޓޮޕްލޯޑް ދޮންނަ މެޝިނަކީވެސް ކޮންމެ ވައްތަރެއްގެ ފެބްރިކް ދޮވެލެވޭފަދަ މޮޅު ދޮންނަމެޝިނެއް ކަމަށާއި މީގެ އިތުރުން ސްމާޓް ފިލްޓާ ޓަބް ކްލީންނިންގެ އިތުރުން އިންޓެލިޖެންޓް ވޯޓާ ފޯލް ސިސްޓަމެއްވެސް މީގައި ހިމެނޭ ކަމަށް ރެޑްވޭވް އިން ބުނެ އެވެ.

"ރެޑްވޭވުން ޝާޕް އޭސީގެ ދެރޭންޖެއް ތައާރަފްކޮށްފައިވާއިރު، އެއްރޭންޖަކީ ޖަޕާނުން ދުނިޔެއަށް އިންގިލާބް ގެނެސްދީފައިވާ، "ޕްލާޒްމަރކުލަސްޓާ އިއޯން ޓެކްނޮލޮޖީ" އަކީ ވައިގެތެރޭގައިވާ 99 ޕަސެންޓް ބެކްޓީރިއާ ނައްތާލަދޭ އަދި ވައިގެތެރޭގައިވާ "އެއަރބޯން މޯލްޑް" ނުވަތަ އެލާރޖީ މެދުވެރިކުރުވާފަދަ ހިރަފުހުގެ 97 ޕަސެންޓް ނައްތާލަދޭ ޓެކްނޮލޮޖީއެއް. އެގޮތުން ވައިގެ ތެރެއަށް އެއާކޯނުން ދޫކޮށްލާ އިއޯންގެ ސަބަބުން ވަޔަށް އިތުރު ތާޒާކަމެއް ގެނެސްދޭނެ. އަދި މިޓެކްނޮލޮޖީ ހިމެނޭ އައިސްއަލަމާރިވެސް ވަރަށް އަވަހަށް ތައާރަފް ކުރެވިގެންދާނެ." ރެޑްވޭވުން މައުލޫމާތު ދެ އެވެ.

ރެޑްވޭވުން ޝާޕް ބްރޭންޑްގެ ޕްރޮޑަކްޓްތައް ވިއްކަނީ ސާވިސް ވޮރަންޓީއާއި އެކުގައި ކަމަށާއި، މި ޕްރޮޓަކްޓްތަކަކީ ރެޑްވޭވްއަށް ހާއްސަ އެކްސްކުލޫސިވް ރޭންޖުތަކެއް ކަމަށްވެސް އެކުންފިުނިން ބުނެ އެވެ. މިއާއިއެކު ޝާޕް ތައާރަފްކުރުމުގެ ގޮތުން ޝާރޕްގެ ޕްރޮޑަކްތައް ލިބިގެންދާނީ އާދަޔާ ހިލާފް ހެޔޮ އަގެއްގައި ކަމަށާއި މިއީ ކަސްޓަމަރުންނަށް ލިބިގެންދާ ރަނުގެ ފުރުސަތެއްކަމުގައި ރެޑްވޭވުން މައުލޫމާތު ދެ އެވެ.