ހަބަރު

ހުޅުމާލޭގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާ ދީފި

ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު ޒަހަމް ކޮށްލައިފި އެވެ.

ފުލުހުން ބުނީ ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާ ދީގެން ފުލުހުން ހުޅުމާލޭގައި ހަރަކާތްތެރިވަމުން ދާ ކަމަށާއި އެ މީހާއަކީ ރާއްޖޭގައި މަސައްކަތް ކުރާ އުމުރުން 33 އަހަރު ތުރުކީ ފިރިހެނެއް ކަމަށެވެ.

އެނގިފައިވާ ގޮތުގައި އޭނާއަށް ހަމަލާ ދީފައި ވަނީ ގެސްޓުހައުސް އަކުން ނުކުތް ވަގުތު ސައިކަލެއްގައި ދިޔަ ދެ މީހެކެވެ. އޭނާއަށް ހަމަލާދީފައިވަނީ ނިރޮޅު މަގާއި، ބޮކަރުމާ ހިނގުން ގުޅޭ ކަންމަތިންނެވެ.

އެ މީހާގެ ވާތްފަރާތުން މެއާއި ދިމާއަށް އަދި ކޮލަށާއި، ކަނދުރާ މައްޗަށްވެސް ހަމަލާދީފައިވެއެވެ. އެ މީހާގެ ހާލު ސީރިއަސް ނޫން ކަމަށްވެސް ފުލުހުން ބުނެއެވެ. އޭނާއަށް ފަރުވާ ދެމުންދަނީ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.