މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހެއްގެ ގައިގައި ކާރަކުން ޖެއްސުމަށްފަހު ބަޔަކު ފިލައިފި

Jun 16, 2024

ހުޅުމާލޭގައި ފުލުހެއްގެ ގައިގައި ކާރަކުން ޖެއްސުމަށްފަހު ބަޔަކު ފިލައިފި އެވެ.

ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގީ މާރާމާރީއެއް ހިންގުމަށްފަހު ކާރެއްގައި ފިލަން އުޅުނު މީހަކު ހުއްޓުވަން އުޅުމުންނެވެ.

މި މާރާމާރީ ހިންގީ ހުޅުމާލެ ފިލިގަސްމަގުގަ އެވެ. މި މާރާމާރީ ހިންގާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ ފަތިހު 4:07 ހާއިރު އެވެ.

ފުލުހުން ބުނި ގޮތުގައި މި މާރާމާރީ ހިންގި ސަރަހައްދަށް ފުލުހުން ދިއުމުން މާރާމާރީ ހިންގި މީހާ އެ ހިސާބުގައި އޮތް ކާރަކަށް އަރައި ފިލަން މަސައްކަތްކުރި އެވެ. އަދި ފުލުހަކު އެކަމަށް ހުރަސް އެޅުމުން އެ ފުލުސް މީހާ މީހާ ގައިގައި ކާރުން ޖައްސާފައި ކާރުގައި ތިބި ދެ މީހުން ފިލާފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

"އެތަނުން އެކަކު މިހާރު ވަނީ ހައްޔަރުކޮށްފަ. އަނެއް މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން،" ފުލުހުން ބުނެފައިވެ އެވެ.

މާރާމާރީގައި އަނިޔާވި މީހާ އާއި ފުލުހުން މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

މާލޭގެ ދަރުބާރުގެ ކައިރީގައިވެސް ރޭ މާރާމާރީއެއް ހިންގާފައިވެ އެވެ. މި މަރާމާރީއާ ގުޅިގެން ފުލުހުން ވަނީ ބަޔަކު ހައްޔަރުކޮށްފަ އެވެ.