މިސްރު

ދެ އެކްސިޑެންޓެއްގައި މިސްރުން ގިނަ އަދަދެއްގެ މީހުން މަރުވެއްޖެ

Dec 29, 2019

މިސްރުގައި ހިނގި ދެ އެކްސިޑެންޓެއްގައި ގިނަ އަދަދެއްގެ މީހުން މަރުވެއްޖެ އެވެ. ދެ އެކްސިޑެންޓްގައި 28 މީހަކު މަރުވި އެވެ.

މިސްރުގެ ވެރިރަށް ގާހިރާގެ 200 ކިލޯ މީޓަރު އުތުރުން ޕޯޓު ސައީދުގެ ހައިވޭއެއްގައި ހިނގި އެކްސިޑެންޓްގައި 23 މީހަކު މަރުވި އިރު ހަތް މީހަކު ވަރަށް ބޮޑަށް ޒަހަމްވެފައި ވެއެވެ. އެ އެކްސިޑެންޓް ހިނގީ ބަހަަކާއި ޓްރަކެއް ޖެހިގެނެވެ.

މިސްރުގެ އޮފިޝަލުންނާ ހަވާލާ ދީ ރިޕޯޓްތައް ބުނެފައިވާ ގޮތުގައި އެ އެކްސިޑެންޓްގައި މަރުވީ ދިމްޔާތުގެ ފެކްޓަރީއެއްގައި މަސައްކަތްކުރާ ބަޔަކު އެ މީހުންގެ މަސައްކަތަކަށް ދަނިކޮށެވެ.

ނުރައްކަތެރި މި ހާދިސާގައި ޒަހަމްވެފައިވާ މީހުންނާއި ހަށިގަނޑުގެ ގުނަވަންތައް ބިނދިފައި ތިބި މީހުންނަށް މިހާރު ދަނީ ފަރުވާ ދެމުންނެވެ.

ދެވަނަ އެކްސިޑެންޓެއްގައި މިސްރުން ހަ މީހަކު ވަނީ މަރުވެފަ އެވެ. އެއީވެސް ހައިވޭ އެކްސިޑެންޓެއްގަ އެވެ. އެ އެކްސިޑެންޓުގައި މެލޭޝިޔާ ދެ މީހަކާއި އިންޑިޔާގެ ރައްޔިތަކު ވެސް މަރުވި އެވެ.